އިންޑޮނީޝިޔާގައި ސްކޫލުން ދިން ކެއުން ކައިގެން ދެހާހަށް ވުރެ ގިނަ ކުދިން ބަލިވެއްޖެ

Loading

September 26, 2025
blue-circle-with-white-user_78370-4707
Facebook
Twitter
WhatsApp

އިންޑޮނީޝިޔާގައި ސްކޫލުން ދިން މެންދުރުގެ ކެއުން ކައިގެން ދެހާހަށް ވުރެ ގިނަ ކުދިން ބަލިވެއްޖެ އެވެ. އިދާރާ ތަކުން ހާމަ ކޮށްފައިވާ ގޮތުގައި މުޅި މިހަފްތާތެރޭ ކާނާ ވިހަވެގެން ރިޕޯޓް ކޮށް އަދި ފަރުވާ ދެވުނު ކުދިންގެ އަދަދު ވަނީ 1،258 އަށް އަރާފައެވެ.

އަދި މިދިޔަ ހަފްތާގައިވެސް ހުޅަގު ޖާވާ އަދި ސެންޓްރަލް ސުލަވވޭސީ ޕްރޮވިންސްގައިވެސް 800އެއްހާ ކުދިންނަށް ވަނީ ކާނާ ވިހަވެގެން ފަރުވާ ދީފައެވެ.

އިންޑޮނީޝިޔާގެ ސްކޫލްތަކުގައި ހިލޭ މެންދުރުގެ ކެއުން ދޭންފަށާފައިވަނީ،ސްކޫލް ދަރިވަރުންނަށް އަމާޒުކޮށް ފައިދާހުރި ކާނާ ފޯރުކޮށްދިނުމަށް ރައީސް ޕްރަބޯވޯ އިއުލާން ކުރެއްވި މަލްޓިބިލިއަން ޑޮލަރުގެ އަގުހުރި ޕްރޮގްރާމެއްގެ ދަށުންނެވެ. މި ޕްރޮގްރާމްގެ ދަށުން 80 މިލިއަން ސްކޫލް ކުދިންނަށް ހިލޭ މެންދުރުގެ ކެއުން އަންނަނީ ފޯރުކޮށް ދެމުންނެވެ.ނަމަވެސް ފާއިތުވި ދެތިން ހަފްތާގައި ފުޑް ޕޮއިޒަން ގެ މައްސަލްތައް އިތުރު ވަމުން ދިއުމާއި އެކު އެކި ފަރާތްތަކުން ދަނީ މި ޕްރޮގްރާމް މެދުކަނޑާލުމަށް ގޮވާލަމުންނެވެ. ނަމަވެސް މިނިސްޓަރ ފޯ ކޮމިޔުނިޓީ އެމްޕަވަމަންޓް މުހައިމިން އިސްކަންދަރު ވިދާޅުވެފައިވަނީ ހިލޭ ލަންޗް ދޭ ޕްރޮގްރާމް މެދު ކަނދާލަން އަދި ނުނިންމާ ކަމުގައެވެ.

ބަލިވެގެން ފަރުވާދޭ ކުދިންނަށް ދިމާވާ އުދަނގޫ ތަކުގެ ތެރޭގައި ބަނޑަށް ތަދުވުމާއި ބޮލަށް ގޮތްވުން އަދި  މޭނުބައިކޮށްފަ ހޮޑުލެވުން ހިމެނެއެވެ. މީގެ އިތުރުން ބައެއް ކުދިން ނޭވާ ކުރުވާ ކަމަށްވެސް ބައެއް ޚަބަރުތައް ބުނާކަމަށާ މިއީ ކާނާ ވިހަވުމުގެ އަލާމާތެއް ނޫން ކަމުން އެކަމުގެ ކަންބޮޑުވުން އުފެދިފައިވާ ކަމަށް ޚަބަރު ލިބެއެވެ.

ކުރީ ފަހަރު ތަކުގައި މިގޮތަށް ދިމާވެގެން ބެލި ބެލުމުން ފާހަގަ ވެފައިވަނީ ކާތަކެތި ތައްޔާރު ކުރުމުގައި އެކަށީގެންވާ ވަރަށް ފަރުވާތެރި ނުވާކަމެވެ. އަދި މުއްދަތު ހަމަވެފައިވާ ސޯސްތަކާއި އަދި ކިރު ފަދަ ތަކެތިންވެސް ކުދިން ބަލިވެފައި ވެއެވެ

Loading

Leave a Reply

ފަހުގެ އަޕްޑޭޓް