ފިލިޕީންސަށް ސުޕަރ ތޫފާނެއް އަރައިފި

Loading

September 22, 2025
blue-circle-with-white-user_78370-4707
Facebook
Twitter
WhatsApp

”ރަގާސާ“ ގެ ނަމުން ނަންދީފައިވާ ސުޕަރ ތޫފާން ފިލިޕީންސްގެ އުތުރުގެ ހިސާބުތަކަށް އެރުމާއި ގުޅިގެން އެތައްހާސްބަޔަކު ރައްކާތެރި ހިސާބުތަކަށް ބަދަލު ކުރަމުންދާކަމަށް ޚަބަރު ލިބެއެވެ. މި ހިސާބުތަކުގައި ވަނީ ވަރަށް ބޮޑަށް ފެންބޮޑުވެ، ބޮޑެތި ގެއްލުންތައް ލިބިފައެވެ.

ގަޑިއަކު 230 ކިލޯމީޓަރުގެ ބާރު ވަޔާއެކު ސުޕަރ ތޫފާން ”ރަގާސާ“ އުތުރުގެ ބައެއް ޖަޒީރާތަކަށް އަރާފައިވަނީ ހޯމަ ދުވަހު އެތާގަޑިން މެންދުރު ފަހު ތިނެއް ޖަހާ އެހާކަންހާއިރުއެވެ. ތޫފާނާއެކު ދިހަވަރަކަށް ފޫޓުގެ ރާޅުވެސް އަރާނެ ކަމަށް މޫސުމާބެހޭ އިދާރާތަކުގެ ރިޕޯޓްގައި ވެއެވެ.

ސުޕަރ ތޫފާން އަންނަކަން އިގި ވެރިރަށް މެނީލާ ހިމެނޭ ގޮތުން ގިނަ ސަރުކާރު އޮފީސްތަކާއި ސްކޫލްތައް ވަނީ ބަންދު ކޮށްފައެވެ. ތޫފާން އެރި ޖަޒީރާތަކުގެ އާބާދީ އަކީ ވިއްސަކަށް ހާސް ނަމަވެސް ގިނަ މީހުންނަކީ ގެދޮރު ރަގަޅަށް ހެދިފައި ނެތް ފަގީރުން ކަމަށް ޚަބަރު ލިބެއެވެ.

ފިލިޕީންސް އަކީ ފެންބޮޑުވުމުގެ މައްސަލަ މިހާރުވެސް ވަރަށް ބޮޑަށް ކުރިމަތިވެފައިވާ ގައުމެކެވެ. މައްސަލަ ހައްލުކޮށް ދިނުމުން ސަރުކާރުން ކަމެއް ކޮށް ނުދޭތީ އާންމުން މިހާރުވަނީ ވަރުގަދަ އިހްތިޖާޖްތައް ކުރަން ފަށާފައެވެ. މިގޮތުން އާދީއްތަ ދުވަހުވެސް އެތައްހާސް ބަޔަކުވަނީ ކޮރަޕްޝަނާ ދެކޮޅަށް އަޑުއުފުލުމަށް މަގުތަކު މައްޗަށް ނިކުމެފައެވެ.  

ސުޕަރ ތޫފާނުގެ އަސަރު ޖެހިގެން އޮތް ތައިވާނަށް ސީދާ ކުރާނެ ކަމަށް ނުބެލުނު ނަމަވެސް އެގައުމުގައިވެސް ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުއަޅާ ފެރީ ދަތުރު ތައް މެދު ކަނޑާލާފައެވެ.

ސުޕަރ ޓައިފޫން އަކީ ކެޓަގަރީ 5 ގެ ”ހަރިކޭން“ އެކެވެ. ފިލިޕީންސަށް ފަހު ”ރަގާސާ“ ސުޕަރ ޓައިފޫން ދަތުރު ކުރަނީ ޗައިނާއަށެވެ. ތޫފާނަށް ތައްޔާރު ވުމުގެ ގޮތުން ޝެންޒެން ސިޓީއިން އެކަނިވެސް 400،000 އެއްހާ މީހުން ރައްކާތެރި ހިސާބުތަކަށް ގެންދެވޭނެ ކަމަށް އެސިޓީގެ އިދާރާތަކުން ބުނެފައިވެއެވެ. 

Loading

Leave a Reply

ފަހުގެ އަޕްޑޭޓް