ފިރިހެނަކު އޭނާގެ މައިދައިތައާއެކު ހިންގި ލޯބީގެ ގުޅުމާ ބެހޭ ފިލްމެއް

Loading

September 20, 2025
blue-circle-with-white-user_78370-4707
Facebook
Twitter
WhatsApp

ފިރިހެނަކު އޭނާގެ މައިދައިތައާއެކު ހިންގި ލޯބީގެ ގުޅުމާއި ބެހޭ ފިލްމެއް އިންޑޮނީޝިޔާގައި ވައިރަލް ވެއްޖެއެވެ. ހަގީގީ ހާދިސާއެއްގެ މައްޗަށް ހަދާފައިވާ ފިލްމް ”ނޯމާ“ ގެ ވާހަކަ އެގައުމުގައި ވައިރަލްވެ އާންމުން އެވާހަކަ ދައްކަމުންދާތާ މިހާރު އެތައް މަހެއް ވެއްޖެއެވެ.

މިފަދަ މައުލޫތަކަށް ހަދާ ފިލްމް ތަކަށް އާންމުންގެ ޝައުގުވެރިކަން ލިބުނު ނަމަވެސް ނޯމާ ފިލްމަށް މިހާ ސަމާލުކަން ލިބެމުން ދަނީ އެއީ ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ހެދި ފިލްމަކަށް ވާތީ ކަމަށް ވެއެވެ.

އިންޑޮނީޝިޔާގެ ޖާވާ ޖަޒީރާގެ ސެރަންގސިޓީ ގައި، އުފާވެރި ހަމަޖެހޭ ކައިވެންޏެއް ކޮށްގެން އުޅުނު ނޯމާ ރިސްމާ ކިޔާ އަންހެނަކު، 2022 ވަނަ އަހަރު ތަފާތު ޓިކްޓޮކް ވީޑިއޯ އެއް ހެދިއެވެ.އޭގައި އޭނާ ވަނީ އޭނާގެ ލޯބިވާ ފިރިމީހާ އާއި އޭނާގެ މަންމައާއި ދެމެދު ކުރިޔަށް ދާކަން އޭނާޔަށް އެނގިފައިވާ ލޯބީގެ ގުޅުން ފަޅާއަރުވާލާފައެވެ. އެވީޑިއޯ އަށް އެތައް މިލިއަން ވިއުސް ލިބި، ނޫސް ހެޑްލައިން ތަކަށް އަރާ އަދި އެންމެ ފަހުން ފިލްމެއް ހެދުމުގެ ހުށަހެޅުން ލިބުނެވެ.

”ނޯމާ“ ފިލްމް އިންޑޮނީޝިޔާގެ ތިއެޓަރު ތަކުގައި އެޅުވީ މާރޗް މަހުއެވެ.އަދި ނެޓްފްލިކްސް އަށް ލާފައިވަނީ އޮގަސްޓް މަހުއެވެ. ދާދި އަވަހަށް އެފިލްމަކީ އިންޑޮނީޝިޔާ ފިޔަވާ މެލޭޝިޔާ އަދި ސިންގަޕޫރުގައިވެސް އެންމެ ގިނަ މީހުން ބެލި ފިލްމަށް ވަނީ ވެފައެވެ.

ސޯޝަލްމީޑިޔާގައި ހާމަވާ ”ސްކެންޑަލް“ ތަކަށް މީގެ ކުރިން ވެސް އިންޑޮނީޝިޔާގައި ކާމިޔާބް ފިލް ތަކެއް ހަދާފައި ވެއެވެ.

ޒިނޭކުރުން ނުވަތަ ކައިވެނިން ބޭރުން ޖިންސީ ގުޅުން ހިންގުމަކީ އިންޑޮނީޝިޔާގައިވެސް ހަރުކަށި އަދަބުދެވޭ ކުށެކެވެ.މިކަމާބެހޭ އައު ގާނޫނެއްވެސް މިހާރުވަނީ ފާސްކޮށް، އެޔަށް އަމަލު ކުރަން ތައްޔާރުވެފައެވެ.

ދީނުގެ ކަންކަން އެންމެބޮޑަށް ހިފަހައްޓާ ޕްރޮވިންސް ތަކުގައި މިހާރުވެސް ކައިވެނި ކުރަންއުޅޭ ބައެއް ކަޕްލް ތައް،ކައިވެނީގެ ކުރިން ގުޅުން ހިންގިކަން ސާބިތުވެ، ހައްދު ޖެހުމުގެ އަދަބު އަންނަނީ ދެމުންނެވެ.

ފިލްމް ގައި ނޯމާގެ ފިރިމީހާ އާއި އޭނާގެ މަންމަ ކޮޓަރި ތެރޭގަ އެއަމަލް ހިންގަން ތިއްބާ ވަނީ ނޯމާއަށް ރެޑްހޭންޑް ކޮށް ހިފިފައެވެ. އަދި އޭނާ އެދެމީހުންނާ ކުރިމަތިލާ އެދެމީހުންނާއި ދިމާލަށް ހަޅޭއްލަވަމުން، ރޮމުން ރޮމުންގޮސް ބިންމައްޗަށް ވެއްޓެއެވެ.

ބައެއް ފަރާތްތަކުން ފާހަގަ ކޮށްފައިވާ ގޮތުގައި މިފަދަ ފިލްމް ތަކުގައިވެސް އާންމުންގެ ނަފްރަތު އަމާޒުވާތަން ފެންނަނީ ކުށްކުރާ އަންހެން މީހާ އަށެވެ. މިފިލްމްގައި މަންމަ އަށެވެ.ނަމަވެސް ކުށްކުރާ ފިރިހެން މީހާޔަށްވެސް ހަމަ އެއްވަރަކަށް ނަފްރަތު އޮންނަން ޖެހޭ ކަމަށް އެފަރާތްތަކުން ބުނެއެވެ.

ނޯމާ ފިލްމަށް ފަހު ފިރިމީހާ ރޯޒީ އަދި މައިދައިތަ ރިހާނާ އަށް ވަނީ 9 މަސްދުވަހުގެ ޖަލު ހުކުމެއް އައިސްފައެވެ.

ފިލްމާ ބެހޭ ގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމެއްގައި ވާހަކަ ދައްކަމުން އަސްލު ނޯމާ ބުނީ ފިލްމާ ގުޅިގެން، އެހެންވެސް މަކަރުވެރި ބައިވެރިންގެ އަނިޔާ އާއި ކުރިމަތިލާ އެހެން ފަރާތްތަކުން އޮހެމުން ދިޔަ ސަޕޯޓް ގެ ސަބަބުން އޭނާޔަށް ވަރަށް ބޮޑަށް ހިއްވަރު ލިބުނު ކަމަށެވެ. ”އަހަރެންނާ އެންމެ ގާތް، އެންމެ ލޯބިވާ ދެމީހުން އަހަރެންނަށް މިލަނޑު ދިނީ ކީއްވެތޯ އަހަރެން ތަކުރާރުކޮށް ސުވާލު ކުރަން ފެށުމުން އަހަރެންނަށް އެގުނީ މިފަދަ ކަންކަން ތަޖްރިބާ ކުރާ އެހެން މީހުން ވެސް އުޅޭ ކަމެވެ.“ ނޯމާ ބުނެފައިވެއެވެ.

ފިލްމުގެ ކާމިޔާބީ ފާހަކަކޮށް ފިލްމް އުފެއްދި ކުންފުނިން ފޮނުވި ކޭކެއްގެ ފޮޓޯ ނޯމާ ވަނީ ޓިކްޓޮކްގައި ހިއްސާ ކޮށްފައެވެ. މިއާއެކު އެތައްހާސްބަޔަކު ވަނީ އޭނާޔަށް ހިއްވަރު ދިނުމުގެ ކޮމެންޓްތައް ކޮށްފައެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް