ކާބޯތަކެތީގެ ޚިދުމަތްދޭ ކުއަލަލަމްޕޫރުގެ ދިހަ ރެސްޓޯރެންޓެއްގައި ސާފުތާހިރުކަމުގެ މިންގަނޑުތައް ބަހައްޓަންޖެހޭ މިންގަނޑުގައި ހިފެހެއްޓިފައި ނުވާތީ ބަންދުކުރަން އަންގައިފި އެވެ.
ގަވާއިދުތަކާއި ޚިލާފަށް ހުންނަ އެހެނިހެން ތަންތަނާއި ދެމެދުވެސް، މި މަސް ފެށުނީއްސުރެ އެކިއެކި އޮޕަރޭޝަންތަކުގައި ފިޔަވަޅުތައް އަޅަމުން ގެންދާކަމަށް ކުއަލަލަމްޕޫރު ސިޓީ ކައުންސިލުން ވަކިވަކި މީޑިއާ ބަޔާންތަކުގައި ބުނެފައިވެ އެވެ.
އެގޮތުން އެ ފިޔަވަޅުތައް އެޅީ އާންމުންގެ ޝަކުވާތަކާ ގުޅިގެން ކަމަށް ބުނެފައިވާއިރު، މެލޭޝިއާ ސަރުކާރުން ގެންދަނީ މި ޝަކުވާތައް ވަރަށް ސީރިއަސްކޮށް ބަލަމުންނެވެ. އަދި ހުރިހާ ރެސްޓޯރެންޓަކުންވެސް ސާފުތާހިރުކަމަށް އިސްކަންދިނުމަކީ މުހިންމު ކަމެއްކަމަށްބުނެ ސަރުކާރުން ވަނީ ޚިދުމަތްތެރިންގެ މިންގަނޑުތައް ހިފެހެއްޓުމަށް އިލްތިމާސްކޮށްފައެވެ.
![]()
