ައަހަރެމެން މި އަންނަނީއެވެ. ތައްޔާރަށް ތިބޭށެވެ.

Loading

Facebook
Twitter
WhatsApp


އަޅުގަނޑުމެންގެ ކިއުންތެރިންނަށް މި ގެނެސްދެނީ ދާދިފަހުން ޗައިނާއިން ބޭއްވި މިލިޓްރީ ޕެރޭޑެއް ބެލުމަށްފަހު އެމެރިކާގެ 7 ވަނަ އާރމީގެ ކޮމާންޑިންގ ޖެނެރަލް، ލެފްޓިނެންޓް ޖެނެރަލް މާރކް ހާރޓިން ފާޅުކޮށްފައިވާ އޭނާގެ ޚިޔާލުގެ ތަންތަންކޮޅެވެ.


ޗައިނާގެ މިލިޓްރީ ޕެރޭޑް ހިނގަމުންދިޔައިރު އަޑުއިވެމުންދިޔަ ކޮމެންޓްރީއަށް ހުޅަނގުގެ ގައުމުތަކުން ވިސްނަމުން ގެންގޮސްފައިވަނީ ސިޔާސީ ނަޒަރަކުން ކަމުގައި ލަފާކުރެވެއެވެ. ރަޝިޔާގެ ރައީސް އާއި އުތުރު ކޮރެއާގެ ލީޑަރާއި އިންޑިއާގެ ބޮޑު ވަޒީރު އަދި ބައެއް ނޭޓޯ ގައުމުގެ ވެރިން ތިއްބެވުން ފާހަގަ ކުރެވިގެން ދިޔައެވެ.

މި އިއްޒަތްތެރި ލީޑަރުން ހާޒިރުވެ ވަޑައިގެން ތިއްބެމުން މުހިންމު ވުމާއެކުގައި އަހަރެންނަށް ވިސްނެމުންދިޔައީ މިއީ ހަމައެކަނި ސިޔާސީ ގޮތުން ޗައިނާއަށް ހާސިލުކުރެވިފައިވާ ބާރުގަދަ މަގާމު ދެއްކުން ނޫންކަމަށެވެ. އެއަށްވުރެން ބޮޑަށް އެ ގައުމު މިލިޓްރީ ގޮތުން ކުރިއަރާފައިވާ މިންވަރު ހާމަކުރުމުގެ ފުރުސަތެއްގެ ގޮތުގައެވެ.
އަހަރެންގެ ކުރިމަތީގައި ޗައިނާގެ މިލިޓްރީ ކުރިއަރާފައިވާ މިންވަރު ހާމަވަމުންދިޔައިރު ވިސްނުމުގެ ކުރިމަތީގައި ފެންނަމުންދިޔައީ 1998 ވަނައަހަރު އެމެރިކާގެ ނޭޝަނަލް ވޯ ކޮލެޖްގެ ދަރިވަރެއްގެ ހައިސިއްޔަތުން އެންމެ ފުރަތަމަފަހަރު ޗައިނާއަށް ކުރަންޖެހުނު ދަތުރެވެ. އަހަރެމެންނަށް ތަމްރީނު ދިނުމުގެ ބޭނުމުގައި އޮފިސަރުންނާއެކު ކުދިކުދި ގުރޫޕްތައް އެދުވަސްވަރު އެކިއެކި ގައުމުތަކަށް ފޮނުވަމުން ގެންދިޔައެވެ. ތަމްރީނު ދަތުރުތަކުގައި ޔޫރަޕާއި މެދުއިރުމަތީގެ ގައުމުތަކަށްވެސް ދެވިފައިވުމާއެކު އަހަރެން ބޭނުންވީ ޗައިނާއަށް ދިއުމަށެވެ.
ދަތުރުގައި އަހަރެމެންގެ އިންސްޓްރަކްޓަރަކަށް ލިބުނީ ޗައިނާގެ ސިޔާސަތާއި މިލިޓްރީ ވަރަށް ރަނގަޅަށް ދަންނަ ޚާއްސަ ތަޖްރިބާކާރެއް ކަމުގައިވާ މުސްކުޅި ކުރައްވާފައިވާ ނޭވީ ކެޕްޓަނެކެވެ. ޗައިނާގެ އާދަކާދައާއި ފާއިތުވެގެންދިޔަ ވިއްސަކަށް އަހަރު ޗައިނާގެ މިލިޓްރީ ކުރިއަރާފައިވާ މިންވަރު ވަރަށް ރަނގަޅަށް އަހަރެމެންނަށް އޮޅުންފިލުވާދިނެވެ. އަހަރެމެންގެ ދަތުރުގެ އެންމެ މުހިންމު މަންޒިލަކީ ނަންޖިންއެވެ. ޗައިނާގެ ވޯރ ކޮލެޖް ހުންނަނީ އެ ޝަހަރުގައެވެ.
އޭގެ ވިއްސަކަށްއަހަރު ފަހުން މިއަދު ލޯމަތީގައި ހާމަވަމުންދާ މަންޒަރުތަކުން އެނގިގެންދަނީ ޗައިނާއިން ހަމައެކަނި އެގައުމުން ކަނޑައަޅާފައިވާ އަމާޒަށް ވާސިލުވީ ނޫން ކަމާއި މިލިޓްރީ ގިނަ ވަސީލަތްތައް އެއަށްވުރެން މާބޮޑަށް ތަރައްގީ ކޮށްފައިވާ ކަމެވެ. ޕީ އެލްއޭ (ޕީޕަލްސް ލިބަރޭޝަން އާރމީ)ގައި ކޮންމެ ވަގުތެއްގައިވެސް 2 މިލިއަން ސިފައިން ހަރަކާތަށް ނިކުންނަން ތައްޔާރަށްތިބި މިއަދުގެ ދުނިޔޭގައި އެންމެ ބޮޑު ލަޝްކަރެވެ. އަދި އެ ގައުމުގެ ދިފާއީ ބަޖެޓަކީ އަހަރަކު 250 ބިލިއަން އެމެރިކާ ޑޮލަރެވެ.

އެހެންނަމަވެސް މިލިޓްރީ ބައެއް ތަޖްރިބާ ކާރުން އަންދާޒާކުރާ ގޮތުގައި ދިފާއީ ބަޖެޓްގެ ހަގީގީ އަދަދަކީ 700 ބިލިއަން އެމެރިކާ ޑޮލަރެވެ. މިލިޓްރީގޮތުން މިއަދު ޗައިނާގެ މަގާމަކީ މުޅިދުނިޔޭން 2 ވަނައެވެ.
ބާރުގަދަ ނިއުކްލިއަރ ހަތިޔާރު ލިބިފައި ހުރުމުގެ އިތުރުން ނިއުކްލިއަރ-ކޭޕަބްލް ބޮންއަޅާ ބޯޓުފަހަރާއި އެއްގަމު އުޅަނދުފަހަރުގައި ހަރުކޮށްފައިހުރި ދުރުރާސްތާ އިންޓަރ-ކޮންޓިނެންޓަލް ބެލިސްޓިކް މިސައިލް ފަދަ ނުރައްކާތެރި ގިނައަދަދެއްގެ ހަތިޔާރުވެސް ހިމެނެއެވެ. މިއީ ވަރަށް މަދު ގައުމެއްގައި ނޫނީ ގާއިމްކުރެވިފައިވާ ވަސީލަތެއް ނޫނެވެ. 2030 ވަނައަހަރާހަމަޔަށް ޗައިނާގައި އެއްހާސް ނިއުކްލިއަރ ވޯރހެޑް ހުންނާނެކަމަށް އެމެރިކާގެ ދިފާއީ ވުޒާރާ އަންދާޒާކުރެއެވެ. ރަޝިޔާއާއި އެމެރިކާގައި ހުރިކަމަށްވަނީ ކޮންމެ ގައުމެއްގައި 1700 ވަރަކަށް ނިއުކްލިއަރ ވޯރހެޑް އެވެ.
ފާއިތުވެގެން މިދާ ވިއްސަކަށް އަހަރު ޗައިނާގެ މިލިޓްރީއަށް ގެނެސްފައިވާ ކުރިއެރުމުގައި އެ ގައުމަށް ކލިބިފައިހުރި ސޯވިއެޓ-އިރާގެ ހަތިޔާރުތައް އެއްފަރާތްކޮށް އެންމެ މި ޒަމާނުގެ ޓެކްނޯލޮޖީ ބޭނުންކޮށްގެން ގެނެސްފައިވާ ކުރިއެރުމުގައި ބައެއް ދާއިރާތަކުން އެމެރިކާވެސް ފަހަތަށް ޖައްސާލާފައިވާކަން ފާހަގަ ކުރެވެއެވެ. އޭގެތެރޭގައި އަޑަށްވުރެން އެތައް ގުނަ ބާރަށް އުދުހޭ ހައިޕަރސޯނިކް މިސައިލްތައް ގުނާލަން ޖެހެއެވެ. އެމެރިކާގެ ދިފާއީ ނިޒާމުތަކުން އެ މިސައިލްތައް ދެނެގަތުމަކީ ނުކުރެވޭނެ ކަމެކެވެ. ޗައިނާގެ ބޭނުމަކީ ޕެސިފިކް ކަނޑުގައި އެމެރިކާގެ ލަޝްކަރުތަކަށް ފުރުސަތު ހަނިކުރުމެވެ. ޗައިނާގެ މިލިޓްރީ ޕެރޭޑުން ދެން ފާހަގަކުރެވުނު އަނެއް ޚާއްސަ ހަތިޔާރަކީ ދުރު ރާސްތާއަށް ހަމަލާދޭން ބޭނުންކުރާ އަން-މޭންޑް ޑްރޯން އާއި ސްޓެލްތު ޑްރޯނާއި ރޮބޯޓިކް އެއްގަމު އުޅަނދުފަހަރާއި އަން-މޭންޑް ސަބްމެރިން އެވެ. ތަމްސީލު ކުރެވުނު ޑްރޯންތަކަކީ ޑްރޯނާއި މިސައިލަށް މޯބައިލް ލޭޒަރއިން ހަމަލާދިނުމުގެ ގާބިލުކަން ލިބިދީފައިވާ ޑަރިރެކްޓެޑް-އެނަރޖީ ހަތިޔާރު ތަކެކެވެ. މިހާތަނަށް ލޭޒަރ ހަމަލާތަކަކީ ސައެންސް ފިކްޝަންތަކުންނާއި އަދި ވަރަށް މަދު ހާލަތެއްގައި އެމެރިކާއާއި އިސްރާއީލުން ބޭނުން ކުރަން ލިވިފައިވާ ވަސީލަތެކެވެ، އެހެންނަމަވެސް މި ކަމުގައިވެސް ޗައިނާ ކުރިއަރާ ހިނގައްޖެ ކަމުގައި ގަބޫލުކުރަން މިވަނީ ޖެހިފައެވެ. އުދުހެމުންދިޔަ ބޮންއަޅާ ބޯޓުތަކަކީ އެމެރިކާގެ ސްޓެލްތު ފައިޓާރސްގެ ޓެކްނޯލޮޖީން ވައްކަން ކޮށްގެންނާއި ކުރިއަރާފައިވާ ޓެކްނޯލޮޖީގެ ވަސީލަތްތައް އިތުރަށް ބޭނުންކޮށްގެން އީޖާދު ކޮށްފައިވާ އުފެއްދުމެއްކަން އެއްވެސް ޝައްކެއްނެތް މިންވަރަށް ޔަގީން ކުރެވެއެވެ. އޭގެ ތެރެއިން ބައެއް ފައިޓަރ ޖެޓާއި ހެލިކޮޕްޓަރާއި ޓޭންކް ފަދަ ހަތިޔާރުތަކުގެ ސިފައާއި ބައްޓަން އެމެރިކާގެ އެފަދަ ހަތިޔާރުތަކާއި އެއްވައްތަރުކަންވެސް ފާހަގަކުރެވުނެވެ. ޗައިނާގެ މިލިޓްރީ ޕެރޭޑް ފެނުމުން ޗައިނާއިން ހަތިޔާރު އުފެއްދުމުގެ މައިދާނުގައި ކޮޕީ ކުރުން ދޫކޮށްލައި އަމިއްލަ އީޖާދާއި ތަޙްލީލުތަކުގައި އެމެރިކާއިންވެސް އަތް ނުފޯރާ ހިސާބަށް ކުރިއަރާ ހިނގައްޖެ ކަމަށް ގަބޫލުކުރަން ޖެހެއެވެ.
ޗައިނާގެ މިލިޓްރީ ޕެރޭޑްގައި ހަގީގަތާ މުޅިން އެއްގޮތް ނޫން ދެއްކުންތެރިކަން އެކުލެވިފައިވާ ކަމަށް ބެލިނަމަވެސް އެއީ ޗައިނާގެ ވިސްނުންހުރި އަމާޒުކަމަށް ދެބަސް ނުވެވޭނެއެވެ. އަދި ޗައިނާ މިލިޓްރީ ބާރުތަކުގެ ވިސްނުންހުރިގޮތެއްވެސް ދެނެގަތުން ފަސޭހައެއް ނުވާނެއެވެ. ޗައިނާގެ ޕެރޭޑް ތަމްސީލު ކުރަމުން ގެންދިޔަ ކޮންމެ ހަތިޔާރަކުން ޕެސިފިކް ކަނޑުގެ ސަރަހައްދުގައި ހަރަކާތްތެރިވަމުންގެންދާ އެމެރިކާހެ ލަޝްކަރުތަކަށް ކުރިމަތިލާން ޖެހިދާނެ ނުރައްކާތެރިކަން ހާމަވެގެން ދެއެވެ. އަދި އެ ޕެރޭޑް ބަލަމުން ގެންދިޔަ އެމެރިކާގެ އިންޓެލިޖެންސަށް އެއިން ކޮންމެ ހަތިޔާރަކުން ޚާއްސަ މެސެޖެއް ލިބިގެން ދާނެއެވެ.

ޗައިނާގެ މިލިޓްރީ އުފެއްދުންތަކަކީ އެމެރިކާއާއި އެއްވިސްނުމެއްގައި އީޖާދު ކޮށްފައިވާ ހަތިޔާރު ތަކެއް ނޫނެވެ. އެއީ އެމެރިކާއާ ދެކޮޅަށް ހަރަކާތްތެރިވުމަށްޓަކައި އުފައްދާފައިވާ ހަތިޔާރު ތަކެކެވެ.
ރައީސް ޑޮނާލްޑް ޓްރަމްޕް ވިދާޅުވެފައިވާ ފަދައިން ދިފާއީ ވުޒާރާއާއި ޕެންޓަގަންގެ ނަންބޯޑު ބަދަލުކުރުމަކުން ނުވަތަ ޗާޕްކޮށްފައިވާ ލެޓަރހެޑްތަކުގައި ނަންބަދަލުކުރުމަކުންހާސިލުކުރެވިދާނެ އިތުރު ފައިދާއެއް ނޯންނާނެއެވެ.

އަހަރެމެންގެ ކުރިމަތީގައި ހާމަޔަށް ހުޅުވިފައިއޮތް 3 މަގުގައި ފިސާރި ހަރުދާނާގޮތެއްގައި ފައިތިލަ ސާބިތު ކުރުމުން މެނުވީ އަހަރެމެން ބޭނުންވާ ނަތީޖާއާ ހަމަޔަށް ނުދެވޭނެއެވެ. ފުރަތަމަ ކުރަންޖެހޭ ކަމަކީ އަހަރެމެންގެ ބޭނުންތަކަށް ޚަރަދުކުރާނެ ފައިސާ ހޯދުމެވެ. ދެވަނައަށް އިތުބާރު ކުރެވޭ ބައިވެރިންތަކެއް ހޯދުމެވެ. އަދި އެންމެ ފަހުން ބައިވެރިންނާއެކު ދެމެހެއްޓެނިވި ގޮތެއްގައި ޚިޔާލު ތަފާތުވުންތައް ނައްތާލުމެވެ.
ޗައިނާއަކީ މިލިޓްރީގޮތުން ކުރިއަރަމުންދާ ގައުމެކޭ ނުބުނެވޭނެއެވެ. ޗައިނާއަކީ އެއްގަމާއި ކަނޑާއި ވައިގެ ސިފައިންނާއި ސައިބަރ ސްޕޭސްގެ ރޮނގުން އެންމެ ކުރިއަރާފައިވާ އެއްގައުމެވެ. އެމެރިކާއަށްވެސް ޗައިނާގެ މިލިޓްރީއާ ދެތޭރޭ ފަރުވާ ކުޑަކޮށްލެވޭކަށް ނޯންނާނެއެވެ. ޗައިނާގެ މަގްސަދަކީ ދުނިޔޭގެ އެންމެ ބާރުގަދަ މިލިޓްރީގެ މަގާމު އެމެރިކާގެ ކިބައިން ނިގުޅައިގަތުމެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް