ދަތިކުރުމުގެ ފިޔަވަޅުތަކާއެކު އީރާނުން ނިއުކްލިއާ މުއާހަދާއިން ވަކިވާނެ ކަމުގެ އިންޒާރުދީފި

Loading

September 11, 2025
profile
Facebook
Twitter
WhatsApp

28 އޮގަސްޓް 2025 ގައި އީރާނުގެ ޕާލަމެންޓް މެމްބަރުން ވަނީ ނިއުކްލިއާ ހަތިޔާރު ފެތުރުން ހުއްޓުވުމުގެ މުއާހަދާ (އެންޕީޓީ) އާއި އެޑިޝަނަލް ޕްރޮޓޮކޯލް އާއި އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އެޖެންސީ (އައިއޭއީއޭ) އާއި އެކުގައި އޮންނަ ބައިވެރިވުން ނިމުމަކަށް ގެނެސް، އެއްބާރުލުން ދިނުން ހުއްޓާލުމަށްޓަކައި، ތިން ބަޔަކަށް ބަހާލެވިފައިވާ ބިލެއް މަޖިލީހަށް ހުށަހަޅާފަ އެވެ.


އިރާނުގެ ގާނޫނު ހަދާ މަޖިލީހުގެ މި ފިޔަވަޅަކީ ޖޭސީޕީއޯއޭގެ ”ސްނެޕްބެކް“ މެކޭނިޒަމް މެދުވެރިކޮށް އިނގިރޭސިވިލާތާއި ފްރާންސް އަދި ޖަރުމަނު ވިލާތު ހިމެނޭގޮތަށް، ”އީ3“ އިން އެކުވެރި ދައުލަތުގެ ސެކިއުރިޓީ ކައުންސިލުން އެޅުމަށް ނިންމާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އަނބުރާލުމަށް މަޖުބޫރު ކުރުމުގެ މަގުޞަދުގައި އެޅުމަށް ނިންމާފައިވާ ފިޔަވަޅުތަކެކެވެ.
އިރާނުން އެއްބަސްވުންތަކާއި އެއްގޮތަށް އަމަލުކޮށްފައި ނުވާކަމަށްބުނެ، ހަމަ އެ ދުވަހުގެ ކުރީކޮޅު އީ3 އިން ސްނެޕްބެކް މަރުހަލާ ފަށާފައިވާއިރު، މާނަހުރި ގޮތެއްގައި ގުޅިގެން މަސައްކަތްކުރުމަށް އެއްބަސް ނުވާނަމަ، އުވާލި ދަތިކުރުމުގެ ފިޔަވަޅުތައް އަލުން އެޅުމަށް 30 ދުވަހުގެ ކައުންޓްޑައުންއެއް ފެށޭނެއެވެ. އެކަމުގެ ރައްދުގައި އީރާނުގެ އދ. މިޝަނުން ސަލާމަތީ މަޖިލީހުގެ މެމްބަރުންނަށް ގޮވާލާފައި ވަނީ ސެންކްޝަންތަކަށް ލުއިދޭނެ އަދި ދިގުދެމިގެންދާ މަޝްވަރާތަކަށް ފުރުސަތު ހުޅުވާލެވޭ ރަޝިޔާ-ޗައިނާ ގަރާރަކަށް ތާއީދު ކުރުމާއި، ނުވަތަ ”ނުރައްކާތެރި ނަތީޖާތަކެއް“ ނުކުމެދާނެ ކަމަށް ބުނެ އީރާނުން އިންޒާރުދީފައިވާ ސެންކްޝަންތަކަށް ތާއީދު ކުރުމަށެވެ.

ރަޝިޔާ-ޗައިނާގެ ގަރާރުގެ މަގުސަދަކީ ޖޭސީޕީއޯއޭ އާއި އޭގެ ތަންފީޒީ އުސޫލުތައް އިތުރުކޮށް، ސްނެޕްބެކް ދަތިކުރުމުގެ ފިޔަވަޅުތައް އިތުރު ހަ މަސް ދުވަހަށް މަޑުޖައްސާލުމެވެ.

ކަންބޮޑުވުންތައް އިތުރުވަމުންދާ ދަނޑިވަޅެއްގައި، އީރާނުގެ ޕާލަމެންޓްރީ ފިއްތުންތަކާއި އާއި ސްނެޕްބެކް ޕްރޮސެސްގެ ސަބަބުން ޑިޕްލޮމެސީ، އިންސްޕެކްޝަން އަދި ދަތިކުރުމުގެ ފިޔަވަޅުތައް ތަންފީޒުކުރުމުގެ މުސްތަގުބަލު ވާދަވެރި މައިދާނަކަށް ވަނީ ހުޅުވާލެވިފަ އެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް