ހުޅުމާލެ ރަށު މާރުކޭޓުން ފަސް ގޮޅި ކުއްޔަށް ދޫކުރަނީ

Loading

Facebook
Twitter
WhatsApp

ހުޅުމާލެ ރަށު މާރުކޭޓުން ފަސް ގޮޅި ކުއްޔަށް ދޫކުރަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން އިއުލާންކޮށްފި އެވެ.

އެޗްޑީސީން ކުރި އިއުލާނުގައި ބުނީ އެ ގޮޅިތައް ކުއްޔަށް ދޫކުރާނީ ދެ އަހަރުގެ މުއްދަތަކަށް ކަމަށެވެ.
އަދި އެ ގޮޅިތަކަކީ 73.33 އަކަފޫޓުގެ ތަންތަން ކަމަށް އެޗްޑީސީން ބުނެފައި ވެެެއެވެ.
އެޗްޑީސީން ބުނީ ގޮޅިއަށް މަހު ކުލީގެ ގޮތުގައި 7،500ރ. ދައްކަން ޖެހޭނެ ކަމަށެވެ.
އެ ގޮޅިތަކަށް ފޯމު ހުށަހަޅަން ހުޅުވާލާފައި ވަނީ މާދަމާ ހެނދުނު 8:30 އިން ފެށިގެން މި މަހުގެ 23 ވަނަ ދުވަހުގެ ހަވީރު 3:30 އާ ހަމައަށެވެ.

މިގޮތުން އެ ގޮޅިތަކަށް ކުރިމަތިލާ މީހުންގެ މެދުގައި ގުރުއަތު ނަގާނީ އަންނަ މަހުގެ 16 ވަނަ ދުވަހު ހެނދުނު 10:00ގައި ކަމަށް އެޗްޑީސީން ބުނެއެވެ.

އެޗްޑީސީން ބުނީ އެ ގޮޅިތައް ލިބޭ މީހުން ކަނޑައަޅާނީ ފޯމު ހުށަހަޅާ މީހުންގެ ތެރެއިން ޝަރުތު ހަމަވާ މީހުންގެ މެދުގައި ގުރު ނަގައިގެން ކަމަށެވެ.
އެ ގޮޅިތައް ކުއްޔަށް ހިފަން އެދޭ މީހުން ހުށަހަޅަން ޖެހޭ ފޯމު އެޗްޑީސީގެ ވެބްސައިޓް މެދުވެރިކޮށް ލިބޭނެ އެވެ.

Loading

One Response

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް