ޗައިނާގެ ބާރަށް އިންޑިއާ ބޯޖަހާއިރު، ދިވެހިރާއްޖެ އަދިވެސް އިންޑިއާގެ ޕަޕެޓެއްގެ ގޮތުގައި މިއޮތީ ކީއްވެގެން ހެއްޔެވެ؟

Loading

September 8, 2025
profile
Facebook
Twitter
WhatsApp

އިންޑިއާގެ އުފެއްދުންތަކަށް %50 އެކްސްޕޯޓް ޓެރިފް ނެގުމަށް އެމެރިކާއިން ނިންމި ނިންމުމާއި ގުޅިގެން އިންޑިއާއިން މިދިޔަ ހަފްތާގައި ވަނީ ޗައިނާއަށް ބޯޖަހާނެކަމުގެ އިޝާރާތެއްކޮށްފައެވެ.

އެތައް އަހަރެއް ވަންދެން އިންޑިއާއަކީ ދުނިޔޭގެ ސިޔާސީ މައިދާނުގައި މީހުން ބުނާ ”ހަރުފަ“އެއްގެ ދައުރު އަދާކުރަމުން އަންނަ ގައުމެކެވެ. އިންޑިއާގެ ހަރުކަށި ބޮޑުވަޒީރު މޯދީ އާއި އޭނާގެ ސަރުކާރުން ވަނީ އިންޑިއާއަކީ އޭޝިއާ ބައްރުގައި އެމެރިކާ، އިސްރާއީލު، ސައުދީ/ޔޫއޭއީގެ ބޭރުގެ މަސްލަހަތު ތަމްސީލުކުރާ އޭޝިއާގެ ބޮޑު ބާރުގެ ގޮތުގައި ދައްކަން މަސައްކަތްކޮށްފަ އެވެ. އިންޑިއާއިން ވަނީ ބްރިކްސްގެ އާ ދުނިޔޭގެ އިއްތިހާދަށް ތާއީދުކުރާ ކަމަށް ހަދައިގެން، ބްރިކްސްގެ ކާމިޔާބީތަކަށް ސީދާގޮތުންނާއި ނުސީދާގޮތުން ހުރަސް އެޅުމަށްވެސް މަސައްކަތް ކޮށްފައެވެ.

އެހެންނަމަވެސް މިހާރު އިންޑިއާއަކީ އެމެރިކާއަށް ކިހާ ބޭނުންތެރިކަން ކުޑަ ގައުމެއްކަން އެމެރިކާގެ ރައީސް ޓްރަމްޕް އިންޑިއާއަށް ދައްކަވާފައިވާތީ، އެގައުމުގެ ބޮޑުވަޒީރު މޯދީ ވަނީ ލަދުވެތިކަމުގައި ބޯ ތިރިކުރައްވައި އެހީތެރިކަން ހޯއްދެވުމަށް ޗައިނާގެ އަރިހަށް ވަޑައިގެންފައެވެ. އެކަމަކު އިންޑިއާއަށާއި އެގައުމުގެ ކޮރަޕްޓް ސަރުކާރަށް ދެން ދިމާވާ މައްސަލައަކީ އެއްވެސް ގައުމަކުން އިންޑިއާއަށް އިތުބާރު ނުކުރެވުމުގެ މައްސަލައެވެ. ޗައިނާއިން އެމީހުންނަށް އިތުބާރެއް ނުކުރެއެވެ. ރަޝިޔާއިން އެމީހުންނަށް އިތުބާރެއް ނުކުރެއެވެ. އެހެން ގިނަގައުމުތަކުންވެސް އިންޑިއާއަށް އިތުބާރެއް ނުކުރެއެވެ. އިންޑިއާއަކީ އެމީހުންގެ އުފެއްދުންތައް އެކްސްޕޯޓް ކުރުމަށް އެންމެ ރަނގަޅު ގައުމެއް ނަމަވެސް، ސިޔާސީ ގޮތުން އިތުބާރުކޮށް ބާރެއް ހޯދައިދޭކަހަލަ ގައުމެއް ނޫންކަން އެނގެއެވެ.

ކަންތައް މިހެން ހުރިނަމަވެސް، އާދަޔާ ހިލާފުކަމަކީ ކުރިންނާއި މިހާރުވެސް ދިވެހިރާއްޖޭގެ ސަރުކާރުތައް ތަކުރާރުކޮށް ވެއްޓިފައިވަނީ، އެހެން ގައުމުތަކުން އިންޑިއާއާއެކު ގުޅުންތައް ބެލެހެއްޓޭނެ ގޮތް ދަސްކުރުމުގެ ބަދަލުގައި، އިންޑިއާއަށް ތަބާވެ އަޅުވެތިވާކަމަށް ދައްކައިގެން އުޅުމުގެ ތެރޭގައިކަމަށް ގިނަ ބަޔަކު ސިފަކުރެއެވެ. މިދުނިޔޭގެ ކުދި ޤައުމުތަކަށްވެސް އިންޑިއާގެ ނުފޫޒުން އެއްކިބާ ވެވިފައިވީނަމަވެސް، ކޮންމެ ފަސް އަހަރަކު ރާއްޖޭގެ ސިޔާސީ ބޭފުޅުން އިންޑިއާގެ ބްލެކްމެއިލްއާއި، އިންޑިއާއިން ބޭނުންކުރާ އެހެނިހެން ސިއްރު އުކުޅުތަކަށް ބޯލަނބާހެން ހީވެއެވެ. އެހެންކަމުން ސުވާލަކަށް ވެގެން ދަނީ، ސިޔާސީ ބޭފުޅުންނަކީ ދީނީ، ހެޔޮލަފާ މުސްލިމުންނަށް ވާއިރު، ނުވަތަ މަތީ ފެންވަރުގެ ތަޢުލީމު ލިބިފައިވާ ސެކިއުލަރ ލީޑަރުން ކަމުގައި ވާއިރު، އިންޑިއާގެ މެނިޕިއުލޭޝަނަށް އެހާ ފަސޭހައިން ހެއްލެން ޖެހެނީ ކީއްވެގެން ހެއްޔެވެ؟

Loading

One Response

  1. 2008 ނޮވެމްބަރު 11 އަށް އަލިވިލި ދުވަންފަށާއޮޑީގެ ތަޖުރިބާ މަދު ފަޅުވެރިންނާ ކައްޕިއަކީ ސަމުގާއަކަށް ނުބަލާނެ ބައެއްކަން އެގި، ފުރުސަތުގެ ބޭނުންހިފަން ދަހިވެތިކަމާއެކު ބުޅާ މީދަލަށް ފާރަލާހެން މައްޗާއަޑީގަތިބި ވަކިލާރިކޮޅަކަށްހެއްލޭ ކެހިވެރި މަދުބަޔަކު(ޝާހިދު/ތަސްނީމްމެންކަހަލަ)ކޮރަޕްޓް ކޮށްގެން ފަހުގެ ތާރީޚެއްގަ ދުވަހަކުވެސް އަވައްޓެރިވބައެއްގެއުނގަށް ނުވެއްޓޭ ދަރަޖައަކަށް ގައުމުގެމައިދޮރާއްޓާއި އަނބިދަރިންގެ ލިބާސްގަޑާ ވަތުބަތާނައަށްދަންދެން ތަބަކަކަށްލާފަ އިންޑިޔާ އަތްދަށުލައިދިނީމަ، ދެންއައިކޮންމެ ސަރުކާރެއްގެ ބާރުވެރިކަން ހުސްބުޅީގަވެސް ބޭނުމަކީ ފަސޭހަކަމަކަށް އޮތީ ވެފަ. އޭގެ ހެއްކަކީ މިސަރުކާރު އަންނަން ދޮންވެ ފައްކާނުވަނީސް، މިހާރުގެ މަތީފަންތީގެ 5 ވަރަކަށްމީހުނާއެކު ސިއްރުގޮތަކަށް ހައިކޮމިޝަނަރުގެ ފަރާތުން ކަޑައަޅާފަތިބިބަޔަކާއެކު ރޭވިރޭވުން.

Leave a Reply

ފަހުގެ އަޕްޑޭޓް