ކުޗިން ސިޓީގެ ކުޅުންތެރިޔާ، ޖޯޑަން މިންތާހް، މެލޭޝިއާ ރަށްވެއްސަކަށް ވުމަށްޓަކައި ފުރިހަމަކުރަންޖެހޭ ނެޗުރަލައިޒޭޝަން ޕްރޮސެސް ފުރިހަމަ ކުރުމުން، އޭނާ އެގައުމުގެ ރަސްމީ ރައްވެސްއްގެ ގޮތުގައި ރަޖިސްޓްރީކޮށްދީފިއެވެ.
އުމުރުން 29 އަހަރުގެ ގާނާއަށް އުފަން ފުޓްބޯޅަ ކުޅުންތެރިޔާއަށް މިހާރު މެލޭޝިއާގެ ފުޓްބޯޅަ މުބާރާތްތަކުގައި ލޯކަލް ކުޅުންތެރިއެއްގެ ގޮތުގައި ރަޖިސްޓްރީ ކުރުމުގެ ހައްގު ލިބިފައިވާއިރު، މީގެ ސަބަބުން ސްކޮޑް ހޮވުމުގައި އޭނާގެ ކްލަބަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެއެވެ.
ސުޕަ ލީގުގެ ކުޗިން ސިޓީގެ ރަސްމީ ފޭސްބުކް ޕޭޖުގައި ޝާއިއުކުރި ބަޔާނެއްގައި މިކަން ކަށަވަރުކޮށްދދީފައިވާއިރު، އެ ކްލަބުން ވަނީ މިންތާހްގެ އާ ސްޓޭޓަސްއަށް މަރުހަބާ ކިޔައި، ޓީމު ވަރުގަދަ ކުރުމުގައި އޭނާގެ ޙިއްޞާ ދެމިއޮންނާނެ ކަމަށްބުނެ އުފާވެރިކަން ފާޅުކޮށްފައެވެ.
މިންތާ އަކީ ފާއިތުވި އަހަރުތަކުގައި މެލޭޝިއާގެ ފުޓްބޯޅައިގައި ފާހަގަކޮށްލެވޭ ފަރާތެކެވެ. އޭނާ ނެޗުރަލައިޒް ވުމަކީ އޭނާގެ ޕްރޮފެޝަނަލް ކެރިއަރުގައި މުހިންމު ފިޔަވަޅެއް ކަމަށް ކުޅިވަރު ދިރާސާކުރާ ފަރާތްތަކުން ފާހަގަކުރެއެވެ.
![]()
