ކޮފީ ބީންސް ނުވެސް ހައްދާ ޖަރުމަނަށް 2023 ވަނަ އަހަރު ކޮފީ އެކްސްޕޯޓް ކުރުމުން 5.9 ބިލިއަން ޑޮލަރު ލިބިފައިވާއިރު، އެއީ 2022 ވަނަ އަހަރު މުޅި އެފްރިކާ ބައްރަށް ކޮފީއިން ލިބުނު 3.6 ބިލިއަން ޑޮލަރަށް ވުރެ ގާތްގަނޑަކަށް ދެގުނަ ބޮޑު އަދަދެކެވެ.
ދުނިޔޭގައި ކޮފީ އުފައްދާ ގައުމުތަކުގެ އެންމެ މޮޅު ދިހަ ގައުމުގެ ތެރޭގައި އިތިއޮޕިއާ އާއި ޔޫގަންޑާ ހިމެނުނު ނަމަވެސް، ރޯސްޓް އަދި ޕެކޭޖްޑް ކޮފީ ޕްރޮސެސްކުރާ އަދި ބޭރުކުރާ ފަރާތެއްގެ ހައިސިއްޔަތުން ޖަރުމަނުން އަދާކުރާ ދައުރުގެ ސަބަބުން ކޮފީ ބީންސް އުފައްދާ ގައުމުތަކަށް ވުރެ ޖަރުމަނު ވިލާތުގެ އެކްސްޕޯޓް ވެލިއު މާބޮޑެވެ.
ޗޮކުލެޓް އުފައްދާ ކޮކޯ ބީންސް ގެ ތަފާސް ހިސާބުތަކުންވެސް މިކަން ފެނެއެވެ. މިގޮތުން، 2023 ވަނަ އަހަރު ޖަރުމަނުން 6.3 ބިލިއަން ޑޮލަރުގެ ޗޮކްލެޓް އެކްސްޕޯޓްކޮށްފައިވާއިރު، މިއީ 2022 ވަނަ އަހަރު އެފްރިކާއިން ކޮކޯ އެކްސްޕޯޓްކުރި 5.7 ބިލިއަން ޑޮލަރަށް ވުރެ ބޮޑު އަދަދެއްކަން ވަނީ ފާހަގަކުރެވިފައެވެ.
މި އަދަދުތަކުން ހައްދާ މުދަލުގެ ޑައިރެކްޓް އެކްސްޕޯޓާއި، ވެލިއު އެޑެޑް ނުވަތަ ބަދަލުގެނެވިގެން ބޭރުކުރެވޭ މުދަލާއި ދެމެދު އޮތް ބޮޑު ފަރަގު ދައްކުވައިދޭއިރު، ޕްރޮސެސްކުރުމުގެ މަސައްކަތުންނާއި އާއި ބްރޭންޑިންގ އަދި މާރކެޓިންގެ ޒަރިއްޔާއިން އެކްސްޕޯޓް އާމްދަނީ ވަރަށް ބޮޑަށް އިތުރުކުރެވޭނެ ގޮތްތައް ފާހަގަވެގެން ދެއެވެ.
![]()
