18 އަހަރުން ދަށުގެ ކުދިން ކުށުގެ ވެށީގައި އިތުރުވަމުންދާކަން ވަނީ ފާހަގަކުރެވިފައި: ފުލުހުން

Loading

August 19, 2025
profile
Facebook
Twitter
WhatsApp

އުމުރުން 18 އަހަރު ނުފުރޭ ކުދިން ކުށުގެ ވެށީގައި އިތުރުވަމުންދާކަން ފާހަގަކުރެވިފައިވާކަމަށް، ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.

ފުލުހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ފަހަކަށްއައިސް 18 އަހަރުން ދަށުގެ ފިރިހެން ކުދިން ގުރޫޕު ހަދައިގެން ތަންތަނުގައި އެއްވެ ތިބޭކަން ފާހަގަކުރެވިފައި ވާކަމަށެވެ.

މިފަދަ ކަންކަމުގެ ސަބަބުން ކުޑަކުދިން ކުށުގެ މާހައުލަށް ހުށަހެޅޭކަމުގެ ކަންބޮޑުވުން ފުލުހުން ވަނީ ފާޅުކޮށްފައެވެ.

އޭގެތެރޭގައި ގްރޫމިންގގެ ޝިކާރައަކަށް ކުދިން ވުމާއި، ރައްކާތެރި މާހައުލުތަކަށް ހުށަހެޅިގެންދިއުމާއި، މައިންބަފައިންނަށް ފިލައިގެން ގެއިން ނުކުމެގެންގޮސް ތަންތަނުގައި އުޅުމާއި، މަސްތުވާތަކެތީގެ މައްސަލަތަކުގައި އެ އުމުރުގެ ކުދިން ހިމެނުމާއި، ގަވައިދާ ޚިލާފަށް އުޅަނދުފަހަރު ދުއްވުމާއި، އަދި އެނޫންވެސް ގާނޫނާ ޚިލާފު ކަންކަމުގެ ތެރޭގައި އެ ކުދިން އުޅޭކަން ފުލުހުން ފާހަގަކުރެއެވެ.

އެހެންކަމާއެކު، ކުދިން ގޮސްއުޅޭ ތަންތަން ބެލުމާއި، ކުދިންގެ އަމިއްލަ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން އެކުދިންނާ ވާހަކަދައްކައި ކުދިން ޒިންމާދާރުކުރުވުމަށް ބެލެނިވެރިންނަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

ފުލުހުން ބުނެފައިވަނީ، ރަށުތެރޭގެ އަމަން ބެލެހެއްޓުމުގައި ހަރަކާތްތެރިވާ ފުލުހުން އެފަދަ ކުދިން އެއްވެއުޅޭ ތަންތަން ބަލައިފާސްކުރާނެ ކަމަށެވެ.

އަދި، ކުދިންގެ ރައްކާތެރިކަމާއި ދުޅަހެޔޮކަން ކަށަވަރުކުރުމަށްޓަކައި މައިންބަފައިންނާއި، ތަޢުލީމީ ވުޒާރާއާއި، އަދި ދައުލަތާއި މުޖުތަމަޢުގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން މަސައްކަތްތަކެއް ކުރުމަށް ހަމަޖެހިފައިވާކަމަށް ފުލުހުން ބުނެއެވެ.

ހަމަ އެއާއެކު، ކުދިން ހެޔޮގޮތުގައި ތަރުބިއްޔަތު ކުރުމަށްޓަކައި މައިންބަފައިންނާއި ކަމާބެހޭ މުއައްސަސާތައް ގުޅިގެން ދެމެހެއްޓެނިވި ގޮތެއްގައި މަސައްކަތްކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. 

މިފަދަ ކަމަކާ ގުޅިގެން އެހީތެރިކަމެއް ބޭނުންވާނަމަ ތިރީގައިވާ ނަންބަރުތަކަށް ގުޅުމުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ފުލުހުންގެ ޚިދުމަތުން ބުނެއެވެ.

*އެހީތެރިކަމެއް ބޭނުންވާނަމަ ގުޅަންވީ ނަންބަރު:*

ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން 9790163

ވިކްޓިމް ސަޕޯޓް ޔުނިޓް 

Loading

Leave a Reply

ފަހުގެ އަޕްޑޭޓް