ބޯހިޔާވަހިކަން ގެއްލި މަގުމަތިވެފައިވާ އާއިލާތައް ދިރިއުޅޭ ވަގުތީ ހިޔާވެހިތަކާއި، އަނިޔާވެފައިވާ ބަލިމީހުންނަށް ފަރުވާދޭ ކްލިނިކްތަކަށް އަމާޒުކޮށް އިޒްރޭލުންދޭ ހަމަލާތަކުގެ ސަބަބުން ޣައްޒާގެ ބްލަޑްބޭންކުތަކުން ލޭ ލިބުމުގެ ދަތިކަން ކުރިމަތިވުމާއެކު ހާލުގައި ޖެހިފައިވާ ޣައްޒާގެ ސިއްހީ ނިޒާމު އިތުރަށް ފުނޑުފުނޑުވެއްޖެއެވެ.
ޣައްޒާގެ ސިއްހީ ޚިދުމަތްތެރީން ބުދަ ދުވަހު ބުނެފައިވާ ގޮތުގައި، ބަނޑުހައި ހޫނުކަން އިތުރުވުމުގެ ސަބަބުން ލޭދޭން ތިބި މީހުންގެ ހަށިގަނޑުންވެސް މިހާރު ލޭ ނުލިބެއެވެ.
ބަ
ނޑުހައި ހޫނުކަމުގައި ޖެހި 193 މީހަކު މިހާތަނަށް ޝަހީދުވެފައިވާއިރު، ފާއިތުވި 24 ގަޑިއިރު ތެރޭގައި އެކަނިވެސް 5 މީހަކު ޝަހީދުވެފަ
ޣައްޒާ އިން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ބަނޑުހައިހޫނުކަމުގެ ސަބަބުން ޝަހީދުވި މީހުންގެ ޖުމުލަ އަދަދު 197 އަށް އަރާފައިވާއިރު، އޭގެ ތެރޭގައި 96 ކުޑަކުދިން ވެސް ހިމެނެއެވެ.
އިޒްރޭލުން، ފަލަސްޠީނުގެ ނަސްލު ނައްތާލަން ކުރާ މަސައްކަތާއެކު، ދުނިޔޭގެ މުސްލިމް ގައުމުތަކުގެ ނާކާމިޔާބީއާއި، ބަލިކަށިކަން ފެނިއްޖެކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.
އަޅުގަނޑުމެންގެ ދަންނަ ބޭކަލުން ދަސްވެނިވުމަށް ހިޖުރަކުރާ އަރަބި ގައުމުތަކުގެ ހާލަތު މާދެރައެވެ.
ފަލަސްޠީނަށް އެހިތެރި ވެވެން ނެތް ސަބަބުތައް އެފަރާތްތަކުން ދައްކަމުން ދާދިޔުމާއެކު، ގަބޫލުކުރެވޭ ގޮތުގައި އިސްލާމްދީނުގައި އޮންނަ ގޮތަށް އަމަލުތައް ބައްޓަން ކުރާކަށް އަރަބީންނަކަށް ނޭނގެއެވެ.
މިފަދަ ބަހަނާތައް މިދުނިޔޭގައި ދެއްކިދާނެއެވެ. އެހެންނަމަވެސް، އާޚިރަތުގައި އެފަދަ ފަރާތްތަކާއި މެދު އިންސާފު ޤާއިމުކުރައްވާނެކަމާއި މެދު ޝައްކެއްނެތެވެ.
![]()
