އުއްތަމަފަނޑިޔާރު ކަމަށް ޢަބްދުލްޣަނީ އައްޔަންކުރުމަށް މަޖިލީހުން ފާސްކޮށްފި

Loading

August 5, 2025
profile
Facebook
Twitter
WhatsApp

އުއްތަމަފަނޑިޔާރުގެ މަޤާމަށް، ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

އުއްތަމަ ފަނޑިޔާރުކަމަށް އޭނާ އައްޔަންކުރުމަށް ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 62 މެންބަރުންގެ އިއްތިފާޤުންނެވެ.

އުއްތަމަ ފަނޑިޔާރުގެ މަޤާމަށް އަބްދުލްޣަނީ މުޙައްމަދު އައްޔަންކުރުމަށް މަޖިލީހަށް ހުށަހެޅީ ހޯމަ ދުވަހުއެވެ. ހަމަ އެ ދުވަހު އުއްތަމަ ފަނޑިޔާރުކަމަށް އޭނާ އައްޔަންކުރުމަށް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ރުހުންދީފައިވެއެވެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލުމަށް ޖޭއެސްސީން ހުޅުވާލި ފުރުސަތުގައި 3 ބޭފުޅަކު އެ މަޤާމަށް ކުރިމަތިލެއްވިއެވެ. އެއީ ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދާއި، ހައިކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ޝުޖާޢު އުޘްމާނާއި، ފެމިލީ ކޯޓުގެ ގާޒީ އަދި ކްރިމިނަލް ކޯޓުގެ ކުރީގެ އިސްގާޒީ ޢަބްދުﷲ މުޙައްމަދެވެ.

އެ ތިން ބޭފުޅުންނާ އިންޓަރވިއު ކުރުމަށްފަހު ޖުޑީޝަލް ސަރވިސް ކޮމިޝަނުން އިސްކަންދީފައިވަނީ އުއްތަމަ ފަނޑިޔާރުކަމުގެ މަޤާމަށް ޢަބްދުލްޣަނީ މުޙައްމަދު ޢައްޔަން ކުރުމަށެވެ. 

އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ސިޓީފުޅުގައިވެސް ވަނީ އުއްތަމަ ފަނޑިޔާރުގެ މަޤާމަށް ޢަބްދުލްޣަނީ މުޙައްމަދު އައްޔަންކުރެއްވުމަށް ޖޭއެސްސީން އެމަނިކުފާނަށް ލަފާދެއްވާފައިވާކަން ބަޔާންކުރައްވާފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް