ޅ. ނައިފަރުން 15 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަމުންދާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.
ގެއްލިގެން ހޯދަމުންދަނީ ޚަދީޖަތު މައިސަރާ އަބޫބަކުރު ފައިޞަލް (15އ) ޅ. ނައިފަރު / ސީނިޔާގެއެވެ.
ފުލުހުން ބުނީ، އޭނާ ނައިފަރުގައި ދިރިއުޅޭ ގެއިން ނުކުމެގެން ގޮސްފައިވަނީ މި އޮގަސްޓު މަހުގެ 2ވަނަ ދުވަހުގެ 10:25ހާއިރު ކަމަށާއި، އޭރު ލައިގެންހުރީ ވިލުނޫކުލައިގެ އަތްކުރު ޓީޝާޓަކާއި ފެހިކުލައިގެ (ސައިޑްޕޮކެޓް ޓްރެކް ބޮޓޮމް) ހަރުވާޅެއް ކަމަށް ޢާއިލާއިން މަޢުލޫމާތު ދީފައިވާކަމަށެވެ.
ޚަދީޖަތު މައިސަރާ އަބޫބަކުރު ފައިޞަލްއާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ނުވަތަ ފެނިއްޖެނަމަ، ނައިފަރު ޕޮލިސް ސްޓޭޝަނުގެ ނަންބަރު 9792187 ނުވަތަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111އަށް ގުޅައި މަޢުލޫމާތު ހިއްސާކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ އެދިފައެވެ.