ހޮނިހިރު ދުވަހާއި އާދީއްތަ ދުވަހު މާލޭގެ ތިން ސަރަހައްދަކުން 1.75 ޓަނުގެ ކުނި ނެގުނު: ސިޓީ ކައުންސިލް

Loading

August 4, 2025
profile
Facebook
Twitter
WhatsApp

ހޮނިހިރު ދުވަހާއި އާދީއްތަ ދުވަހު ދުވަހުގެ ތެރޭގައި، މާލޭގެ ތިން ސަރަހައްދަކުން 1.75 ޓަނުގެ ކުނި ނަގައި ސާފުކޮށްފައި ވާކަމަށް، މާލޭ ސިޓީ ކައުންސިލުން ބުނެފިއެވެ.

މި މަސައްކަތް ކޮށްފައިވަނީ މާލޭ ސިޓީ ކައުންސިލުގެ ކޮމިއުނިޓީ އެންގޭޖްމެންޓް ޔުނިޓާއި ދިވެހި ފުލުހުން ގުޅިގެން ކަމަށާއި، މިއީ މާލެ ސާފުތާހިރުކޮށް ބޭއްވުމާއި، މަގުތައް ހިތްފަސޭހަ ތަނަކަށް ހެދުމުގެ މަގުސަދުގައި ކުރާ ކަމެއް ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.

މިފަހަރު ކުނި ނަގައިފައިވާ ތިން ސަރަހައްދަކީ؛ ބާޒާރުމަތީ ވަދުފޮށި ކަންމައްޗާއި، ޒައިތުންމާ ފިހާރަ ކުރިމަތީ ދުވާރުމައްޗާއި، އާބުރުޒުމަގު އަދި ފުއްކަފަގޯޅި ކަންމައްޗެވެ.

މާލެ ސިޓީގެ މޭޔަރު އާދަމް ޢާޒިމް ވިދާޅުވީ، ކައުންސިލްގެ މުވައްޒަފުން ކޮންމެ ދުވަހެއްގެ ހެނދުނުން ފެށިގެން ދުވަސް ނިމެންދެން ކުނި ނެގުމުގެ މަސައްކަތް ކުރާކަމަށާއި، އެގޮތުން މާލެއާއި ވިލިމާލޭގެ އެއްގަމާއި ފަޅުތެރޭން ދުވާލެއްގެ މައްޗަށް 30 ޓަނާ 40 ޓަނާ ދެމެދުގެ ކުނި ނަގާކަމަށެވެ.

ސިޓީ ކައުންސިލުން ކުރަމުން މި ދާ މަސައްކަތަށް އެއްބާރުލުން ދީ، މަގުތަކާއި ޕާކުތަކާއި މައިޒާންތަކާއި އަދި ފަޅުތެރެއަށް ކުނި ނޭޅުމަށް އެންމެހާ ރައްޔިތުންނަށް މޭޔަރު ގެންދަވަނީ ތަކުރާރުކޮށް އިލްތިމާސް ކުރައްވަމުންނެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް