ހއ. މަނަފަރު ރިޒޯޓުން ކުނި ބަރުކޮށްގެން ކ. ތިލަފުށްޓަށް ދަތުުރުކުރަނިކޮށް ފަރަށް އެރި ”ގުރުވަ 1“ ނަމަކަށްކިޔާ ދޯނީގައި ތިބި ފަޅުވެރިންނަށް ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
އެމްއެންޑީއެފުން ބުނީ، ދިވެއްސަކާއި ދެ ބިދޭސީން ދަތުރުކުރި މި ދޯނި، ނ. ކުޑަރަށް ކައިރިން ފަރަށް އެރިކަމުގެ މަޢުލޫމާތު ލިބިފައިވަނީ އޮގަސްޓު މަހުގެ 1ވަނަ ދުވަހުގެ 11.30 ވަނިކޮށް ކަމަށެވެ.
އެއާއެކު، ކޯސްޓްގާޑުން ވަނީ އެ ސަރަހައްދަށް ދަތުރުކޮށް، ދޯނިން ދަތުރުކުރި ތިން ފަޅުވެރިން ސަލާމަތްކޮށްފައި ކަމަށް އެމްއެންޑީއެފުން ބުނެއެވެ
އެ ދޯނީގެ ފަޅުވެރިން މިއަދު 08:45ހާއިރު ނ.ހޮޅުދުއަށް ގެންގޮސްފައިވާއިރު، އެ އެންމެންގެ ހާލުވެސް ރަނގަޅު ކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއެވެ.