މާލެއާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން މިއަދު ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ

Loading

August 2, 2025
profile
Facebook
Twitter
WhatsApp
STELCO

މިއަދުގެ އެކި ވަގުތުތަކުގައި މާލެއާއި ހުޅުމާލޭގެ އެކި ހިސާބުތަކުން ކަރަންޓު ކެނޑިދާނެކަމަށް، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ)އިން ބުނެފިއެވެ.

ސްޓެލްކޯއިން ބުނީ، މިއަދު މާލެއާއި ހުޅުމާލޭގެ ކަނޑައެޅިފައިވާ ސަރަހައްދުތަކެއްގައި ކަރަންޓު ވިއުގައިގެ މަސައްކަތެއް ކުރުމަށް ހަމަޖެހިފައިވާތީ، އެ ސަރަހައްދުތަކުން ކަރަންޓު ކެނޑުން އެކަށީގެންވާ ކަމަށެވެ.

ކަރަންޓު ވިއުގައިގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ސަރަހައްދުތަކަކީ:

  • ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ އޮނުގަސްމަގު، ގުލްހަޒާރުމާހިނގުން އަދި ހައިވަކަރުމަގު ހިމެނޭ ސަރަހައްދު (މެންދުރުފަހު 2.00ން ހަވީރު 4.00އާ ދެމެދު)
  • މާލޭ ކެނެރީމަގު ހިމެނޭ ސަރަހައްދު (މެންދުރުފަހު 2.00ން ހަވީރު 4.00އާ ދެމެދު)
  • މާލޭ އަސްރަފީމަގު ހިމެނޭ ސަރަހައްދު (ހެނދުނު 10.00ން 12.00އާ ދެމެދު)
  • މާލޭ ބޮޑުރަސްގެފާނު މަގު، އަލިކިލެގެފާނުމަގު، ފާށަނާކިލެގެމަގު، މަޖީދީމަގު، ނީލޯފަރުހިނގުން، ރާދަފަތިހިނގުން އަދި ރަށްދެބައިމަގު ހިމެނޭ ސަރަހައްދު (ހެނދުނު 9.00ން 12.00އާ ދެމެދު)
  • މާލޭ ބޮޑުރަސްގެފާނު މަގު، އަލިކިލެގެފާނުމަގު، ފާށަނާކިލެގެމަގު، މަޖީދީމަގު، ނީލޯފަރުހިނގުން، ރާދަފަތިހިނގުން އަދި ރަށްދެބައިމަގު، އަދި ސޯސަންހިނގުން ހިމެނޭ ސަރަހައްދު (ހެނދުނު 8.00ން 12.00އާ ދެމެދު)

ސްޓެލްކޯއިން ބުނެފައިވާގޮތުގައި، ކަރަންޓުގެ ޚިދުމަތް އެ ސަރަހައްދުތަކުން މެދުކެނޑޭނީ ބަޔާންކޮށްފައިވާ ވަގުތުގެ ތެރޭގައި، ކުޑަ ވަގުތުކޮޅަކަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް