ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒަށް މަރުގެ އިންޒާރު ދިން މައްސަލާގައި ރޭ ހައްޔަރުކުރި މީހާގެ ބަންދަށް 10 ދުވަސް ޖަހައިފިއެވެ.
ރައީސް މުއިއްޒަށް މީހަކު މަރުގެ އިންޒާރު ދިނީ މަސްތުވާތަކެތި އެތެރެކޮށް އަދި އޭގެ ވިޔަފާރިކުރާ މީހުންނަށް މަރުގެ އަދަބު ހިމެނޭހެން ބޮޑެތި އަދަބުތައް ދިނުމަށް އެ މަނިކުފާނު ބޭނުންފުޅުވާކަން ރޭ ހާމަކުރެއްވުމުންނެވެ.
ރައީސް އަށް މަރުގެ އިންޒާރު ދީފައިވަނީ ތ. ތިމަރަފުށި، މަލަސް، މަސީހު މޫސާ 25އ އެވެ. އޭނާ ވަނީ އެ މައްސަލައިގައި ރޭ ހައްޔަރުކޮށްފައެވެ.
ރައީސް މުޢިއްޒުއަށް އޭނާ މަރުގެ އިންޒާރު ދީފައިވަނީ ފޭސްބުކުގައި ކުރި ޕޯސްޓެއްގައެވެ. އެ މައްސަލައިގައި އޭނާގެ ފޯނު ވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
މަސީހު މޫސާގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރު ކުރުމުން އޭނާގެ ބަންދަށް ވަނީ 10 ދުވަސް ޖަހާފައެވެ.
![]()

One Response
މިހާރު ހުންނާނީ ރާކަނިމަސްކެވިފަ ތިގޮލާ އެއްގޮތަކަށްވެސް ދެން މުޖުތަމަޢު ތެރެއަށްދޫކޮށް ނުލާތި ތީބޮޑުނުރައްކަލެއް