ރައީސް މުޢިއްޒަށް މަރުގެ އިންޒާރު ދިން މީހާގެ ބަންދަށް 10 ދުވަސް

Loading

Facebook
Twitter
WhatsApp
Oplus_16908288

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒަށް މަރުގެ އިންޒާރު ދިން މައްސަލާގައި ރޭ ހައްޔަރުކުރި މީހާގެ ބަންދަށް 10 ދުވަސް ޖަހައިފިއެވެ.

ރައީސް މުއިއްޒަށް މީހަކު މަރުގެ އިންޒާރު ދިނީ މަސްތުވާތަކެތި އެތެރެކޮށް އަދި އޭގެ ވިޔަފާރިކުރާ މީހުންނަށް މަރުގެ އަދަބު ހިމެނޭހެން ބޮޑެތި އަދަބުތައް ދިނުމަށް އެ މަނިކުފާނު ބޭނުންފުޅުވާކަން ރޭ ހާމަކުރެއްވުމުންނެވެ.

ރައީސް އަށް މަރުގެ އިންޒާރު ދީފައިވަނީ ތ. ތިމަރަފުށި، މަލަސް، މަސީހު މޫސާ 25އ އެވެ. އޭނާ ވަނީ އެ މައްސަލައިގައި ރޭ ހައްޔަރުކޮށްފައެވެ.

ރައީސް މުޢިއްޒުއަށް އޭނާ މަރުގެ އިންޒާރު ދީފައިވަނީ ފޭސްބުކުގައި ކުރި ޕޯސްޓެއްގައެވެ. އެ މައްސަލައިގައި އޭނާގެ ފޯނު ވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

މަސީހު މޫސާގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރު ކުރުމުން އޭނާގެ ބަންދަށް ވަނީ 10 ދުވަސް ޖަހާފައެވެ.

Loading

One Response

  1. މިހާރު ހުންނާނީ ރާކަނިމަސްކެވިފަ ތިގޮލާ އެއްގޮތަކަށްވެސް ދެން މުޖުތަމަޢު ތެރެއަށްދޫކޮށް ނުލާތި ތީބޮޑުނުރައްކަލެއް

Leave a Reply to ސްޓަރ Cancel reply

ފަހުގެ އަޕްޑޭޓް