ފާއިތުވި އަހަރުގެ އޭޕްރީލް މަހުން ފެށިގެން ފުލުހުންނަށް ސަރުކާރުން ބޮޑުކޮށްދީފައިވާ މުސާރަ ހަމައަށް ދެމުންދާކަމަށް، ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.
ފުލުހުންގެ ޚިދުމަތުން މިހެން ބުނެފައިވަނީ، ފުލުހުންނަށް މުސާރަ ހަމައަށް ނުލިބޭކަމަށް ބުނެ ދެކެވެމުންދާ ވާހަކަތައް ދޮގުކޮށް، ނެރެފައިވާ ބަޔާނެއްގައެވެ.
ފުލުހުންގެ އިދާރާއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ، އާންމު ފުލުހުންނާ ޚިލާފަށް، ސްޕެޝަލް ކޮންސްޓަބުލަރީ ޚިދުމަތަކީ އެ ކަމަށް އެދި ހުށަހަޅާ ފުލުހުންނަށް، ވަކި އެއްބަސްވުމެއް ހެދުމަށްފަހު ދެވޭ ޚިދުމަތެއް ކަމަށެވެ.
އެހެންކަމާއެކު، އެ ޚިދުމަތަށް އެދިފައިވާ ފަރާތްތަކާއެކު ހެދިފައިވާ އެއްބަސްވުމުގެ ދަށުން އެ ޚިދުމަތަށް އެދިފައިވާ ފުލުހުންނަށް މުސާރަ ދިނުމުގައި ޢަމަލުކުރަމުންދާ ކަމުގެ ޔަގީންކަންވެސް ފުލުހުންގެ އިދާރާއިން ވަނީ ދީފައެވެ.
އަދި މި ޚިދުމަތަށް އެދޭ ފަރާތްތަކާއެކު އަލަށް ހެދިފައިވާ އެއްބަސްވުމުގެ ދަށުން އިތުރުކުރެވިފައިވާ މުސާރަ ދެމުންދާކަމަށްވެސް، ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފައިވެއެވެ
![]()
