ގެދޮރުވެރިޔާ ސްކީމުގެ 4،000 ފުލެޓު ލިބޭ މީހުންނާއެކު، ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ން މިއަދު އެއްބަސްވުމުގައި ސޮއިކުރަން ފަށައިފިއެވެ.
ހުޅުމާލޭ ސިންތެޓިކް ޓްރެކްގައި، ރަސްމީ ބަންދު ނޫން ދުވަސްތަކުގައި ހެނދުނު 9:00ން 4:00ށް ސޮއިކުރުން ކުރިއަށްދާނެ ކަމަށް އެފްޑީސީން ބުނެއެވެ.
ފުލެޓު ލިބޭ މީހުންގެ މަޢުލޫމާތު ހިމެނޭ ލިސްޓު ހައުސިންގ މިނިސްޓްރީން ދަނީ އެފްޑީސީއަށް އަންގަމުން ކަމަށާއި، އަދި އެކަން ގެދޮރުވެރިޔާ ޕޯޓަލް މެދުވެރިކޮށް އެ މީހަކަށް އަންގާނެ ކަމަށް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.
އޭގެ ފަހުން، ސޮއިކުރަން ދާންޖެހޭ ތާރީޚާއި ގަޑި އެންގުންފަދަ ހުރިހާ މުޢާމަލާތެއް ކުރިއަށްގެންދާނީ އެފްޑީސީންނެވެ.
ހައުސިންގ މިނިސްޓްރީން މިއަދު ބުނީ އޭރު އިޢުލާންކުރި ދާއިމީ ލިސްޓުގައި ހިމެނޭ މީހުންގެ ތެރެއިން ހުށަހެޅި މައުލޫމާތު ވެރިފައިކުރިއިރު، ޝަރުތު ހަމަނުވާ މީހުންނަށް އެކަން އަންގާފައި ވާނެކަމަށެވެ.