އަނބިމީހާ ނުވަތަ ފިރިމީހާއަށް ބިންވެރިޔާ ސްކީމުން ގޯތި ލިބުނަސް ގެދޮރުވެރިޔާ ފުލެޓެއް ނުގެއްލޭނެ

Loading

July 20, 2025
profile
Facebook
Twitter
WhatsApp

އަނބިމީހާ ނުވަތަ ފިރިމީހާއަށް ބިންވެރިޔާ ސްކީމުން ގޯތި ލިބިފައި ވީނަމަވެސް، ގެދޮރުވެރިޔާ ސްކީމުން ލިބިފައިވާ ފުލެޓެއް ނުގެއްލޭނެކަމަށް، އިމާރާތްކުރުމާއި، ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

އެ ވުޒާރާއިން ބުނީ، މިގޮތަށް ބަދަލު ގެންނަން ނިންމާފައިވަނީ، ފުލެޓު ލިބޭނީ ގޯތި ދޫކޮށްލުމުންކަމަށް ބުނެ ވުޒާރާއިން އާންމުކުރި އުސޫލާމެދު އާއްމުން ކަންބޮޑުވުން ފާޅުކުރަމުންދާތީ ކަމަށެވެ.

ކުރީގެ އުސޫލުގައި ވާގޮތުން، ގެދޮރުވެރިޔާ ސްކީމުން ފުލެޓު ލިބޭނީ، ބިންވެރިޔާ ސްކީމުން އެމީހެއްގެ އަނބިމީހާ ނުވަތަ ފިރިމީހާއަށް ލިބިފައިވާ ގޯތި ދޫކޮށްލަން އެއްބަސްވާނަމައެވެ.

އެ ވުޒާރާއިން ބުނީ، ބިންވެރިޔާ ސްކީމުގެދަށުން މާލޭ ސަރަހައްދުން ބިން ދޫކުރުމަށް ހަމަޖެހިފައިވާ ހުޅުމާލޭ ތިންވަނަ ފިޔަވައްސާއި ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ކުރިއަށްދާތީއާއި، އަދި ހިއްކާފައިވާ ބިންތަކުގައި އިމާރާތްކޮށް ދިރިއުޅެން ފެށުމަށް ވަގުތުނަގާނެތީ، އުސޫލަށް ފަހުން ގެނައި ބަދަލަށް ޢަމަލުނުކުރުމަށް ނިންމާފައިވާކަމަށެވެ.

އެހެންކަމުން، 15 ނޮވެމްބަރު 2023ގައި އިޢުލާންކުރި ލިސްޓުގެ ގުރުއަތު ނަގާފައިވާ މީހުންގެ ތެރޭން، ވުޒާރާއިން ފަހުން ބަދަލު ގެނައި އުސޫލާ ގުޅިގެން އެއްވެސް މީހެއްގެ ޝަރުތު ހަމަނުވާކަމުގެ ލިޔުން ފޮނުވާފައި ނުވާނެކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް