އެއާޕޯޓުގެ ޓެކްސީ ކިޔޫ ކުރީގެ ކާރގޯ ސަރަހައްދަށް ބަދަލުކޮށްފި

Loading

July 20, 2025
profile
Facebook
Twitter
WhatsApp

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އާ ޓަރމިނަލުގެ މަސައްކަތް ކުރުމަށްޓަކައި، އެއާޕޯޓުގެ ކާރު ދަތުރުތަކަށް ބައެއް ބަދަލު ގެނެސްފިއެވެ.

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން ރޭ 12.00ން ފެށިގެން ގެނައި މި ބަދަލުތަކުގެ ތެރޭގައި؛

  • ޑޮމެސްޓިކް އަދި އިންޓަރނޭޝަނަލް ފްލައިޓްތަކުން ފުރާ މީހުން ކާރު މަޑުކުރަންޖެހޭނީ އިންޓަރނޭޝަނަލް ފްލައިޓްތަކުން ފުރާ މީހުން ކާރު މަޑުކުރާ ތަނަށެވެ.
  • އިންޓަރނޭޝަނަލް އަދި ޑޮމެސްޓިކް ފްލައިޓްތަކުން ލަފާ މީހުން ޓެކްސީ ހޯދަން ދާންޖެހޭނީ ކުރީގެ ކާރގޯ ސަރަހައްދަށެވެ.

އެމްއޭސީއެލްއިން ބުނީ، މި ދުވަސްވަރަކީ ޢުމްރާއަށް ގިނަ ބަޔަކު ފުރާ ދުވަސްވަރަކަށްވާތީ، މާލޭން އެއާޕޯޓަށް ދަތުރުކުރާ މީހުންނަށް ހެންވޭރު އެމްޓީސީސީ ފެރީ ޓަރމިނަލުން ފެރީގެ ޚިދުމަތް ލިބޭނެކަމަށެވެ.

މީގެ އިތުރުން، ހުޅުމާލޭން އެއާޕޯޓަށް އަންނަ މީހުންނަށް އެމްޓީސީސީ ބަހުގެ ޚިދުމަތް ހަމަޖެހިފައި ވާކަމަށް އެމްއޭސީއެލްއިން ބުނެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް