އައިޖީއެމްއެޗްގައި ހުންނަ މިސްކިތް މަރާމާތަށްޓަކައި ބަންދުކޮށްފި

Loading

July 13, 2025
profile
Facebook
Twitter
WhatsApp

އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގައި ހުންނަ މިސްކިތް މަރާމާތަށްޓަކައި ބަންދުކޮށްފައިވާކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.

އައިޖީއެމްއެޗުން ބުނީ، ވަގުތީގޮތުން މިސްކިތް ބަންދުކޮށްފައިވީނަމަވެސް، ކުރިއްސުރެ އެ ހޮސްޕިޓަލުގައި ނަމާދުކުރުމަށް ޚާއްޞަކޮށްފައިވާ ތަނުގައި ނަމާދުކުރެވޭނެ ކަމަށެވެ. މިއީ އެ ހޮސްޕިޓަލުގެ ހިތުގެ ބަލީގެ މަރުކަޒު ކުރިމަތީގައި ހުންނަ ނަމާދުގެއެވެ.

މީގެ އިތުރުން، ދަރުމަވަންތަ ހޮސްޕިޓަލުގެ ފަސްވަނަ ފަންގިފިލާގައި ހުންނަ ނަމާދުގެ ބޭނުންކުރެވޭނެ އިންތިޒާމުވެސް ހަމަޖެހިފަައިވާކަމަށް، އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލުން ބުނެއެވެ.

މި މިސްކިތް މަރާމާތަށްޓަކައި މިއަދު ބަންދުކޮށްފައިވާއިރު، ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގައި 2019ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު މި މިސްކިތް ވަނީ ބަންދުކޮށްފައެވެ.

މަޢުލޫމާތު ލިބިފައިވާގޮތުގައި، އޭރު އެ މިސްކިތް ބަންދުކުރީ، ދަރުމަވަންތަ ހޮސްޕިޓަލުގައި އަންހެނުންނާއި ފިރިހެނުންނަށް ވަކިން ނަމާދުކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށްފަހުއެވެ.

ނަމަވެސް މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގައި، 2024ވަނަ އަހަރުގެ މާރިޗު މަހުގެ 10ވަނަ ދުވަހު މި މިސްކިތް ވަނީ އަލުން ހުޅުވާފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް