ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ފުލެޓެއްގައި އަލިފާނުގެ ހާދިސާއެއް

Loading

July 13, 2025
profile
Facebook
Twitter
WhatsApp

ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ 94ވަނަ ފުލެޓުގެ އެޕާޓުމަންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އަލިފާނުގެ ހާދިސާ ހިނގާފައިވަނީ އެ ފުލެޓުގެ ތިންވަނަ ފަންގިފިލާގައި ހުންނަ އެޕާޓުމަންޓެއްގައެވެ.

އެ ތަނުގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލްކުރެވިފައިވާއިރު، ތަނަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާކަމަށް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން މަޢުލޫމާތުދެއެވެ.

މި އެޕާޓުމަންޓުގައި 11 ބިދޭސީން ދިރިއުޅެމުން ދިޔަނަމަވެސް، އެއްވެސް މީހަކަށް ގެއްލުމެއްވެފައި ނުވާކަމަށް އެމްއެންޑީއެފުން ބުނެއެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް