އިއްޔެ ހެނދުނުގެ ވަގުތެއްގައި ގދ. ގަމުން ޑިންގީއެއްގައި ފުރި، ގދ. ގައްދޫ، ކޯޒީރައުންޑް، ޒަކަރިއްޔާ މުޙައްމަދު ހޯދުމުގެ މަސައްކަތް އަދިވެސް ކުރިއަށްދާކަމަށް އެ ރަށު ކައުންސިލުން ބުނެފިއެވެ.
ގައްދޫ ކައުންސިލުން ބުނީ،އޭނާ ގެއްލިގައިވާކަން ކައުންސިލަށް ރިޕޯޓުކުރި ވަގުތުން ފެށިގެން ގައްދޫގެ އިމަޖެންސީ އޮޕަރޭޝަން ސެންޓަރު އެކްޓިވޭޓްކޮށްފައި ވާކަމަށެވެ.
އަދި، ސިފައިންނާއި، ފުލުހުންނާއި، ގައްދޫ ކައުންސިލާއި، ގައްދޫގެ އެކި ޓީމުތަކާއި އަދި އަޔާޑާ މޯލްޑިވްސް ގުޅިގެން، ކުރިއަށްދާ ސަރޗް އޮޕަރޭޝަންވެސް މެދުނުކެނޑި ކުރިއަށްދާކަމަށް ގައްދޫ ކައުންސިލުން ބުނެއެވެ.
ގަމުން އޭނާ ފުރާފައިވަނީ ޖުލައި 10ވީ ބުރާސްފަތި ދުވަހު ހެނދުނު 10.30ހާއިރު ކަމަށާއި، އޭނާ ލައިގެން ހުރީ ކަޅުކުލައިގެ ސޯޓަކާއި ނޫކުލައިގެ ޓީޝާޓެއް ކަމަށް، ގައްދޫ ކައުންސިލުން ބުނެއެވެ.
އޭނާ ހޯދުމަށްޓަކައި ގައްދޫ ކައުންސިލާއި، ގައްދޫ ފުލުހުންނާއި، ކޯސްޓް ގާޑާއި، މެރިން ޕޮލިސް، އަދި ގައްދޫ މަސްވެރިން ގުޅިގެން ދަނީ މަސައްކަތްކުރަމުން ކަމަށް ކައުންސިލުން މަޢުލޫމާތުދެއެވެ.
ޒަކަރިއްޔާ މުޙައްމަދާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ 7211233 ނުވަތަ 7791755 އަށް ގުޅައިގެން މަޢުލޫމާތު ހިއްސާކުރުމަށް ގދ. ގައްދޫ ކައުންސިލުން ވަނީ އެދިފައެވެ.
![]()

One Response
Evves masahkatheh kureveyne meehaage umurun buneema… Khabaru nimunu iruves umureh neygunu… Fenuniyyas game engeynebaa…