އެންސިސް ގުދަނުގައި ރޯވުމާ ގުޅިގެން ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފި

Loading

July 10, 2025
profile
Facebook
Twitter
WhatsApp
ފޮޓޯ: ވޮއިސް

ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ އިންޑަސްޓްރިއަލް ޒޯނުގައި ހުންނަ އެންސިސް ގުދަނުގައި މިރޭ ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން އެ ސަރަހައްދުގައި ދުން ބޯވަމުންދާތީ ސަމާލުވުމަށް، ދިވެހި ފުލުހުންގެ ޚިދުމަތުން އިލްތިމާސްކޮށްފިއެވެ.

ފުލުހުން ބުނީ އެ ސަރަހައްދުގައި ދުން ބޯވަމުންދާތީ ދުރު ފެންނަ މިންވަރު ދަނީ ދަށްވަމުން ކަމަށެވެ. އަދި މިކަމުގެ ސަބަބުން، ނޭވާލުމުގެ ދަތިކަން ހުންނަ މީހުންނަށް ޞިއްޙީ ނުރައްކާ ދިމާވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

އެހެންކަމުން ޒަރޫރީ ބޭނުންތަކުގައި ނޫނީ އެ ސަރަހައްދަށް ނުދިއުމަށާއި، ދުން ބޯ ހިސާބުތަކުގައި މަގު ހުރަސްކުރާއިރު ސަމާލުވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

މީގެ އިތުރުން، އެ ސަރަހައްދާ ކައިރީގައި ދިރިއުޅޭ މީހުން، ގޭގެ ދޮރުތަކާއި ކުޑަދޮރުތައް ލައްޕައިގެން ތިބުމަށާއި، ކޮންމެހެން ގޭން ނުކުންނަން ޖެހިއްޖެ ހާލަތެއްގައި ނޫނީ ނުނިކުތުށާއި، ނުކުންނަން ޖެހިއްޖެނަމަ މާސްކު އަޅައިގެން ނުކުތުމަށް ފުލުހުން ވަނީ އެދިފައެވެ.

އަދި އެ ސަރަހައްދުގައި މަސައްކަތްކުރާ ފުލުހުންގެ އިރުޝާދާ އެއްގޮތަށް ޢަމަލުކުރުމަށް، ދިވެހި ފުލުހުންގެ ޚިދުމަތުން އެދެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް