އޭވިއޭޝަން ސެކިއުރިޓީ ކޯސްތައް ހުއްދަ ނުނަގައި ހިންގަމުންދާކަމުގެ ކަންބޮޑުވުން

Loading

July 9, 2025
profile
Facebook
Twitter
WhatsApp

އޭވިއޭޝަން ދާއިރާގެ ސެކިއުރިޓީ ކޯސްތައް ހުއްދަ ނުނަގައި ބައެއް ފަރާތްތަކުން ހިންގަމުންދާކަން ފަހަކަށް އައިސް ފާހަގަކުރެވިފައިވާކަމަށާއި، އެފަދަ ފަރާތްތަކުން ދޫކުރާ ސެޓްފިކެޓް ބަލައިނުގަންނާނެ ކަމަށް، ދިފާޢީ ވުޒާރާއިން ބުނެފިއެވެ.

ދިފާޢީ ވުޒާރާގެ ސްޓޭޓް މިނިސްޓަރ މުޢާޒް ޙަލީމް ސޮއިކުރައްވާފައިވާ ސަރކިއުލާގައި ވަނީ، ރާއްޖޭގެ މަދަނީ އުދުހުމުގެ ދާއިރާގައި ޝާމިލްވާ ފަރާތްތަކަށް ދޭންޖެހޭ ތަމްރީނުތައް ދިނުމަށް އެ ވުޒާރާއިން ހުއްދަ ނަގަންޖެހޭގޮތަށް، އެ ވުޒާރާއިން އެކުލަވާލާފައިވާ ”ނޭޝަނަލް ސިވިލް އޭވިއޭޝަން ސެކިއުރިޓީ ޓްރެއިނިންގ ޕޮލިސީ“ގައި ބަޔާން ކޮށްފައިވާނެކަމަށެވެ.

އަދި އެފަދަ ކޯސްތަކުގައި ތަމްރީނުދޭ މުދައްރިބުންވެސް އެ ކަމުގެ ހުއްދަ ނަގަންޖެހޭނެ ކަމަށް ދިފާޢީ ވުޒާރާއިން ނެރުނު ސަރކިއުލާގައި ވެއެވެ.

މި ސަރކިއުލާ މިހާރު ވަނީ ރާއްޖޭ އެއަރޕޯޓް ހިންގާ ފަރާތްތަކާއި، ތަޢުލީމީ ވުޒާރާއާއި، މަތީ ތަޢުލީމާ ބެހޭ ވުޒާރާ، ސިވިލް އޭވިއޭޝަން އޮތޯރިޓީ އަދި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް (އޭވްސްކޮމް)އަަށް ފޮނުވާފައެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް