ށ. މިލަންދޫގައި މަސައްކަތްކުރާ ފުލުހުންތަކެއްގެ އަމިއްލަ އެކައުންޓަށް ގިނަ އަދަދެއްގެ ފައިސާ ޖަމާކުރި މައްސަލައެއް ބަލަން ފަށައިފިއެވެ.
ޚަބަރު ލިބިފައިވާގޮތުގައި ފުލުހުންގެ އަމިއްލަ އެކައުންޓުތަކަށް ޖަމާކޮށްފައިވަނީ ފުލުހުންނަށް ދޭ ކޮއްތު ފައިސާއެވެ.
ފުލުހުންގެ ކޮއްތު ފައިސާ ވަކިވަކި ފުލުހުންނަށް ދިނުމުގެ ބަދަލުގައި އާއްމުކޮށް އޮންނަނީ ބިޑް އުސޫލުން ކޮއްތު ހަމަޖައްސާ ގޮތަށެވެ.
ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭޑަރޑްސް ކޮމާންޑް (ޕީއެސްޑީ)ން މި މައްސަލަ ތަޙުޤީޤުކުރަމުންދާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެއެވެ.