55 ކައުންސިލް އިމާރާތް އެޅުމަށް ހެކްސްޓަރއާއެކު ވެފައިވާ އެއްބަސްވުން ބާތިލުކޮށްފި

Loading

July 6, 2025
profile
Facebook
Twitter
WhatsApp

55 ރަށެއްގައި ކައުންސިލް އިމާރާތް އެޅުމަށް، މެލޭޝިއާގެ ހެކްސްޓަރ ކުންފުންޏާއެކު ހަދާފައިވާ އެއްބަސްވުން ބާތިލުކޮށްފައިވާކަމަށް، މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވޯރކްސް އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެމަނިކުފާނު ވިދާޅުވީ، މި އެއްބަސްވުން ބާތިލުކޮށްފައިވީނަމަވެސް އެ ކުންފުންޏަށް އެއްވެސް ބަދަލެއް ދޭން ނުޖެހޭނެ ކަމަށެވެ.

އެއްބަސްވުން ބާތިލުކުރި ސަބަބެއް ކަމަށް އެމަނިކުފާނު ވިދާޅުވެފައިވަނީ، ކައުންސިލްތަކުން ހުށަހެޅި ބަދަލުތައް އެ ކުންފުނިން ބަލައިގެންފައި ނުވުމެވެ.

މި މަސައްކަތް ކުރުމަށް ޝައުޤުވެރިކަން ފާޅުކޮށްފައިވާ ކުންފުނިތަކުގެ ޕްރޮޕޯސަލްތައް އިވެލުއޭޓްކޮށް، މި މަސައްކަތް ދިވެހި ކުންފުންޏަކާ ހަވާލުކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން ހެކްސްޓަރ ކުންފުންޏާ މި މަސައްކަތް ހަވާލުކޮށްފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައެވެ.

އެއީ ރައީސުލްޖުމްހޫރިއްޔާގެ ޑރ. މުޙައްމަދު މުޢިއްޒު، އެމަނިކުފާނުގެ ވެރިކަމުގައި 55 ކައުންސިލް އިމާރާތް ޢުމްރާނީގޮތުން ތަރައްޤީކުރުމަށް ނިންމަވާފައިވާތީ ކަމަށް، މިނިސްޓަރު އާދަމް ޝަރީފް ޢުމަރު އޭރު ވަނީ ވިދާޅުވެފައެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް