ކިއުކަންބާ ކިރުގަރުދިޔަ

Loading

July 4, 2025
profile
Facebook
Twitter
WhatsApp

ބޭނުންވާ ތަކެތި:
1 ކިއުކަންބާ
1 ފިޔާ
2 ތޮޅިމިރުސް
3 ލޮނުމެދު
1/2 އިންޗި ހުންނަހާ އިނގުރުކޮޅެއް
1 ހިކަނދިފަތް
6 އިންޗި ހުންނަހާ ރާނބާފަތްކޮޅެއް
1/2 ޖޯޑު ކާށިކިރު
ލޮނު
ވަޅޯމަސް (ބޭނުންނަމަ)

ތައްޔާރުކުރާނެ ގޮތް:
ކިއުކަންބާގެ އޮށްތައް ނަގާފައި 1 އިންޗި ވަރުގެ ގޮޅިއަށް ކޮށާލާށެވެ. ބޭނުންނަމަ މަށާވެސް ލެވިފާނެއެވެ.
ފިޔާ، ލޮނުމެދު ތުނިކޮށް ކޮށާލާށެވެ.
މިރުސް ދެ ފަޅިއަށް ފަޅާލާފައި، އިނގުރުކޮޅު ތުނިކޮށް ކޮށާލާށެވެ.
ކޮށާފައި ހުރި ސާމާނު، ހިކަނދިފަތް، ރާނބާފަތް، ލޮނު، ރީނދޫ، (ބޭނުންނަމަ މަސް) އަޅާފައި 1 ޖޯޑު ފެން އަޅައިގެން ކައްކާލާށެވެ.
ކިއުކަންބާ މަޑުވުމުން ކާށިކިރުފޮދު އަޅާފައި އުނދުން ނިވާލާށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް