މާލޭގެ ގެސްޓްހައުސްއެއްގައި ނިޔާވެފައި އޮތް ދިވެހި ފިރިހެނަކު ފެނިއްޖެއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ، މި ކަމުގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ ރޭ ދަންވަރު 2.15ހާއިރު ކަމަށެވެ.
ނިޔާވެފައި އޮއްވައި ފެނިފައިވަނީ ނ.ވެލިދޫ ފެހިވިލާގޭ އުމުރުން 32 އަހަރުގެ އިބްރާހީމް ޝިފާދު ކަމަށާއި، މި މައްސަލަ މިހާރު ތަޙުޤީޤުކުރަމުންދާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެއެވެ.