މާލޭން މީހަކު ގެއްލިގެން ހޯދަނީ

Loading

July 3, 2025
profile
Facebook
Twitter
WhatsApp

މާލޭން މީހަކު ގެއްލިގެން ރިޕޯޓްކޮށްފައިވާކަމަށާއި، އެމީހާ ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.

ފުލުހުން ބުނީ، ގެއްލިގެން ހޯދަމުންދަނީ ފުވައްމުލައް ސިޓީ، ހޯދަޑު / ބޯގަންވިލާ، ސާމީ ޢަބްދުލްޙަމީދު (34އ) ކަމަށެވެ.

ޖޫން 25ވަނަ ދުވަހުން ފެށިގެން އޭނާގެ ޚަބަރެއް ނުވެގެން، ޢާއިލާއިން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ޖުލައި 2ވަނަ ދުވަހު ކަމަށާއި، އެ ވަގުތުން ފެށިގެން އޭނާ ހޯދުމުގެ މަސައްކަތް ކުރަންފަށާފައިވާކަމަށް ފުލުހުން ބުނެއެވެ.

އޭނާއާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ، ގަލޮޅު ޕޮލިސް ސްޓޭޝަން ނަންބަރު 9790092ށް ނުވަތަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111ށް ގުޅައި، ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް