ފުވައްމުލައް ސިޓީގައި ނުރައްކާތެރި އެކްސިޑެންޓެއް

Loading

July 3, 2025
profile
Facebook
Twitter
WhatsApp

ރޭގެ ވަގުތެއްގައި ފުވައްމުލައް ސިޓީގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

މި އެކްސިޑެންޓުގެ ވީޑިއޯ ހިއްސާކުރައްވާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު، އަޙުމަދު ނިހާން ޙުސައިން މަނިކުގެ ފޭސްބުކް އެކައުންޓުގައެވެ.

ވީޑިއޯގައި ފެންނަނީ މީހަކު މަގުގެ އެއްފަރާތުގައި ޕާކުކޮށްފައިހުރި ސައިކަލުތަކެއްގެ ކައިރީގައި ހުއްޓިގެން ހުއްޓައި، ދުއްވާފައި އަންނަ ކާރެއް އައިސް ސައިކަލުތަކުގައި ޖެހުމާއެކު އެ މީހާ ވިއްސައިގެންގޮސް ވެއްޓޭ މަންޒަރެވެ.

އެ މީހާ ވެއްޓިފައި ތެދުވިއިރު ފަޔަށް އަނިޔާވެ، ރަނގަޅަށް ފައިނޭޅިގެން އުޅޭ މަންޒަރު ވީޑިއޯއިން ފެނެއެވެ.

ކާރު އެ އައި ސްޕީޑުގައި އައިސް ސައިކަލުތަކުގައި ޖެހިފައި މަތަވީ އެތައް ހިސާބަކަށް ދިޔަފަހުންނެވެ.

ކާރުގައި ޖެހުނު މީހާއަށް ބޮޑު އަނިޔާއެއްނުވެ ސަލާމަތްވީ ވިއްސައިގެން ކާރާ ދުރަށް ދިއުމުން ކަމަށް ފެނެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް