ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް 750 ޑޮލަރާ ހަމައަށް މުޢާމަލާތު ކުރެވޭނެ

Loading

July 1, 2025
profile
Facebook
Twitter
WhatsApp

ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް 750 ޑޮލަރާ ހަމައަށް މުޢާމަލާތުކުރެވޭނެ ކަމަށް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ބުނެފިއެވެ.

ބީއެމްއެލުން ބުނީ، އެ ބޭންކުގެ ފޮރިން ލިމިޓް ޕޯޓަލުން މިކަމަށް ރަޖިސްޓްރީ ކުރެވޭނެކަމަށާއި، ލިމިޓް ހަމަޖައްސަން ބޭނުންވާ ރުފިޔާ ކާޑު ސިލެކްޓްކޮށްލުމުން މިކަން ހަމަޖެހޭނެ ކަމަށެވެ.

އަދި، ދިރިއުޅޭ ޤައުމުގައި ހުންނަ ޕީއޯއެސް މެޝިންތަކުންނާއި އޭޓީއެމްތަކުން 750 ޑޮލަރާ ހަމައަށް މުޢާމަލާތުކުރެވޭނެ ކަމަށްވެސް ބޭންކް އޮފް މޯލްޑިވްސުން ބުނެއެވެ.

އެ ބޭންކުން އިއްޔެ ނެރުނު އިޢުލާނުގައި ވާގޮތުން، ބޭރުގެ އޭޓީއެމްތަކާއި ޕީއޯއެސް މެޝިން މެދުވެރިކޮށް ކުރެވޭނީ މަހަކު 125 ޑޮލަރުގެ މުޢާމަލާތެކެވެ. އެއީ 10 ޑޮލަރުގެ ފީއަކާ އެކުގައެވެ.

މިކަމާ ގުޅިގެން އާންމުން ވަނީ ކަންބޮޑުވުން ފާޅުކޮށް، ސޯޝަލްމީޑިއާގައިވެސް ކަމާގުޅޭ އެކި ޕޯސްޓުތައް ކޮށްފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް