މައްޗަންގޮޅީ ގެއަކުން އާދީއްތަ ދުވަހުގެ ރޭ ތިޖޫރީއެއް ވަގަށްނަގާފައިވާ މައްސަލައެއް ހުށަހަޅާފައިވާކަމަށާއި، އެއިން ވަގަށް ނަގާފައިވާ ލައްކައަށްވުރެ ގިނަ ރުފިޔާ ހޯދައި، އެ މީހާ ހައްޔަރުކޮށްފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.
ފުލުހުން ބުނީ، މި މައްސަލައިގެ ތަޙުޤީޤުގައި ސީސީޓީވީ ފުޓޭޖު ބަލައި، އެ ތިޖޫރީ ވަގަށްނެގި ކަމަށް ތުހުމަތުކުރެވޭ މީހާ މިއަދު 11.00ހާއިރު މާވެޔޮމަގުން ހައްޔަރުކޮށް ބަލައިފާސްކުރިއިރު، ތިޖޫރީން އޭނާ ވަގަށް ނެގިކަމަށް ތުހުމަތުކުރެވޭ ފައިސާތަކާއި އޭގެ ތެރޭން ބައެއް ފައިސާއިން އޭނާ ގަނެފައިވާކަމަށް ބެލެވޭ މޯބައިލް ފޯނެއް ފެނިފައިވާކަމަށެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ރ. އަލިފުށި / ހަބީބީހެޕް، އިސްމާޢީލް ސާއިފް (39އ) ކަމަށާއި، މި މައްސަލަ ގެންދަނީ ތަހުގީގުކުރަމުން ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެއެވެ.