ކަރަންޓުގެ މައްސަލައަކާ ގުޅިގެން ހުޅުމާލޭ ހޮސްޕިޓަލުގެ އޯޕީޑީ ޚިދުމަތް ހުއްޓާލުމަށްފަހު އަލުން ފަށައިފި

Loading

June 27, 2025
profile
Facebook
Twitter
WhatsApp

ބުރާސްފަތި ދުވަހުގެ ރޭގެ ވަގުތެއްގައި ހުޅުމާލޭ ހޮސްޕިޓަލަށް ދިމާވި ކަރަންޓު ކެނޑުމުގެ މައްސަލައަކާ ގުޅިގެން އެ ހޮސްޕިޓަލުގެ ޖެނެރަލް އޯޕީޑީގެ ޚިދުމަތް މެދުކަނޑާލުމަށްފަހު އަލުން ޚިދުމަތް ދޭންފަށައިފިއެވެ.

ކަރަންޓު ކެނޑުމާ ގުޅިގެން އެ ހޮސްޕިޓަލުގެ އޯޕީޑީ ޚިދުމަތް ހުއްޓާލައި، ޚިދުމަތްދެމުން ގެންދިޔައީ ހިޔާ ފުލެޓު 16ގައި ހުންނަ ހިޔާ ކްލިނިކުންނެވެ.

ހުޅުމާލޭ ހޮސްޕިޓަލުން މަޢުލޫމާތު ދިންގޮތުގައި، ކަރަންޓު ކެނޑުމަށް ދިމާވެފައިވަނީ ހޮސްޕިޓަލުގެ މައި ކަރަންޓު ވިއުގައަށް ދިމާވި މައްސަލައަކާ ގުޅިގެންނެވެ.

މައްސަލަ ހައްލުކުރެވި، އަލުން ޚިދުމަތް ފެށިފައި މި ވަނީ ގާތްގަނޑަކަށް އަށެއްކަ ގަޑިއިރުގެ މެދުކެނޑުމަކަށްފަހުގައެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް