ކީރިތި ޤުރުއާން ހިތުދަސްކޮށްފައިވާ ފަރާތްތަކަށް މިހާރު ދެމުންގެންދާ 2000 ރުފިޔާގެ އެލަވަންސް، މި އަންނަ ޖުލައި މަހުން ފެށިގެން 4000 ރުފިޔާއަށް ބޮޑުކުރުމަށް ނިންމަވާފައިވާކަމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނުގެ ފޭސްބުކް ޕޭޖުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، އަންގާރަ ދުވަހު އޮތް ވަޒީރުންގެ މަޖިލީހުގައި މިގޮތަށް ނިންމަވާފައި ވާކަމަށެވެ.
މި ދާއިރާއިން މީހުން ތަމްރީނުކުރުމާއި، ޤުރުއާން ހިތުދަސްކުރާ ފަރާތްތަކަށް ދޭ އަހަންމިއްޔަތު އިތުރުކުރުމަކީ، ކީރިތި ޤުރުއާނަށް އޮންނަ ލޯބި އިތުރުކުރުމުގައި ވަރަށް މުހިންމު ކަމެއްކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން، ޤުރުއާން ހިތުދަސްކޮށްފައިވާ ފަރާތްތަކުގެ ދަސްވެނިވުމުގެ ޖަލްސާއެއް ފުރަތަމަ ފަހަރަށް މި އަހަރު ބާއްވަވާފައިވާއިރު، ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުގެ ފެންވަރު މަތިކޮށް، އަގުހުރި އިނާމުތަކެއް ދޭ މުބާރާތަކަށް ހައްދަވާނެކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.