ޔޫމެޓަށް ބަދަލުގެ ގޮތުގައި އިތުރަށް ވަނީ 23.2 މިލިއަން ރުފިޔާ ދީފައި: އޮޑިޓް އޮފީސް

Loading

June 24, 2025
profile
Facebook
Twitter
WhatsApp

ޅ. ކުރެންދޫ ބަނދަރު ހެދުމުގެ މަސައްކަތް ކުރަމުންދިޔަ ޔޫމެޓް ކޮންސްޓްރަކްޝަންގެ އެއްބަސްވުން ބާތިލުކުރުމާ ގުޅިގެން އެ ކުންފުންޏަށް ބަދަލުގެ ގޮތުގައި ދޭންޖެހޭ އަދަދަކަށްވުރެ 23.2 މިލިއަން ރުފިޔާ އިތުރަށް ސަރުކާރުން ދީފައިވާކަމަށް، އޮޑިޓަރ ޖެނަރަލްގެ އޮފީހުން ނެރުނު ރިޕޯޓުން ހާމަވެއްޖެއެވެ.

މިއީ، ބަނދަރު ހެދުމުގެ މަސައްކަތް ކުރަމުންދަނިކޮށް، 10 މާރިޗު 2013ގައި އެއްބަސްވުން ބާތިލުކުރުމުން، ގެއްލުމުގެ ބަދަލު ހޯދުމަށް ޔޫމެޓް ކޮންސްޓްރަކްޝަނުން ހުށަހެޅުމުން، އިކޮނޮމިކް ކައުންސިލުން، ގެއްލުމުގެ ބަދަލުގައި ނަގައިދިނުމަށް ނިންމަވާފައިވާ އަދަދެވެ.

18 ޖޫން 2023ގައި މި ނިންމުން ނިންމެވި ކައުންސިލުގައި ހިމެނިވަޑައިގަންނަވަނީ، ނިމިދިޔަ ސަރުކާރުގެ ރައީސް އޮފީހުގެ މިނިސްޓަރު ޢަލީ ޝިޔާމާއި، ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރާއި، ޕްލޭނިންގ މިނިސްޓަރު މުޙައްމަދު އަސްލަމާއި، އިކޮނޮމިކް މިނިސްޓަރު ފައްޔާޟު އިސްމާޢީލެވެ.

ރިޕޯޓުގައި ވާގޮތުން، ގެއްލުމުގެ ބަދަލުގެ ގޮތުގައި އެ ކުންފުންޏަށް އެންމެ ގިނަވެގެންވެސް ނަގައިދޭންޖެހޭނީ 2.8 މިލިއަން ރުފިޔާއެވެ. ނަމަވެސް އެކު ޖުމުލަ 26 މިލިއަން ރުފިޔާ ވަނީ އޭރުގެ ސަރުކާރުން އެ ކުންފުންޏަށް ބަދަލުގެ ގޮތުގައި ދީފައެވެ.

ޔޫމެޓުން ހުށަހަޅާފައިވާ އިންވޮއިސްތަކާއި ފައިސާ ދައްކާފައިވާ އިންވޮއިސްތަކަށް ބަލާއިރު، މަސައްކަތް ހުއްޓިފައިވަނީ 1 އޭފްރީލް 2012ގައި ކަމަށާއި، އެގްރީމެންޓް ބާތިލުކުރުމާ ހަމައަށް އައިޑަލް ކޮސްޓް ޗާޖުކުރަންޖެހޭނީ 343 ދުވަހަށް ކަމަށްވާތީ، އެ މުއްދަތުގެ އަގުގެ ގޮތުގައި ބެލެވެނީ 2.7 މިލިއަން ރުފިޔާކަމަށް ރިޕޯޓުގައިވެއެވެ.

ނަމަވެސް އައިޑަލް ކޮސްޓްގެ ގޮތުގައި އެ ކުންފުންޏަށް 6.2 މިލިއަން ރުފިޔާ ދީފައިވާއިރު، އެއީ ދޭންޖެހޭ އަދަދަށްވުރެ 3.4 މިލިއަން ރުފިޔާ އިތުރު އަދަދެއް ކަމަށް އޮޑިޓަރ ޖެނަރަލްގެ އޮފީހުން ނެރުނު ރިޕޯޓުގައި ބުނެފައިވެއެވެ.

Loading

One Response

  1. ގަމާރު ވެސް ވާންވާނީ ވަކިވަރަކަށްދޯ? ތިވަރު ދެވުނުއިރު ހަމަ ނޭނގުނީބާ?

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް