ރާއްޖޭގެ ސަރުކާރުން ޗައިނާއަށް ކުރިޔަށް އޮތް ދެހަފްތާތެރޭ 15މިލިއަން ޑޮލަރު ދައްކަން ޖެހޭ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަތައް ޗައިނާ ސަފީރު ދޮގުކޮށްފިއެވެ.
ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ބުނެފައިވާ ގޮތުން ކުރިޔަށް އޮތް ދެހަފްތާ ތެރޭގައި 15 މިލިއަން ޑޮލަރު ޗައިނާގެ ބޭންކްތަކަށް ރާއްޖެއިން ދައްކަން ޖެހެއެވެ. އަދި މިއީ ދެހަފްތާއިން ސަރުކާރަށް ލިބޭ އާމްދަނީގެ 50% ކަމަށް ވެސް ނަޝީދުގެ ޓްވީޓުގައި ވެއެވެ.
ނަމަވެސް ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޒަންގް ލިޒްހޯންގް ކުރެއްވި ޓްވީޓެއްގައި، މަލާމަތުގެ ރާގަކަށް މިކަން ވަނީ ދޮގުކޮށްފައެވެ. އޭނާގެ ޓްވީޓުގައި ވާގޮތުން ބޭންކްތަކުން ހޯދި މަޢުލޫމާތައް ބަލާއިރު ދެހަފްތާތެރޭ ދައްކަން ޖެހޭ އެއްވެސް ފައިސާއެއް ނެތެވެ. އަދި އެކައުންޓް ފޮތް ބައްލަވާލެއްވުމަށް ފަހު 15މިލިއަން ބަޖެޓަށް ލުމަށް މަލާމާތުގެ ރާގަކަށް ޗައިނާގެ ސަފީރު ވަނީ ބުނެފައެވެ.

މިކަމާއި ގުޅިގެން ރައީސް ނަޝީދަށް ވަނީ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައެވެ. އަދި ޗައިނާއަށް ދިނުމުގެ ނަމުގައި ދައުލަތުގެ ޚަޒާނާއިން ވައްކަން ކުރަން އުޅުނު ކަމުގެ ތުހުމަތު ބައެއް މީހުންދަނީ ނަޝީދަށް ކުރަމުންނެވެ.
One Response
އެޅެ މިވަރަށް ނަޝީދު އަނގަ ނުތެޅުއްވިއްޔާ ދެރަވާނެތަ؟ މިއީ އެބޭފުޅާގެ އެކަނި ގައުމެއްތޯއެވެ. ރައީސް މީހާ އަށްވެސް ޗާންސްއެއް ދެއްވަންޖެހޭނެ ދޯ؟