ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓައިލާ ރައްޔިތުންނަށް އެލަވަންސެއް ދިނުމާމެދު ދިރާސާއެއް ހަދަނީ

Loading

June 24, 2025
profile
Facebook
Twitter
WhatsApp

ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓައިލާ ރަށްރަށުގެ ކޮންމެ ރައްޔިތެއްގެ ބެންކު އެކައުންޓަށް އެލަވަންސެއް ޖަމާކުރުމާމެދު ދިރާސާއެއް ހެދުމަށް އަންގަވާފައި ވާނެކަމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނުގެ ފޭސްބުކް ޕޭޖުގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، މި ހަފުތާގައި ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ކަމާގުޅޭ ވަޒީރުންނަށް މިކަން ހުށަހަޅުއްވާފައި ވާނެކަމަށެވެ.

އެގޮތުން، އެކަމާ ގުޅޭގޮތުން ދިރާސާއެއް ހައްދަވައި، ކަމާގުޅޭ ކަރުދާހެއް ތައްޔާރުކުރެއްވުމަށް އަންގަވާފައި ވާނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ރައްޔިތުން ދުންފަތާ ދުރުކުރުމުގެ ގޮތުން އެކި ސަރުކާރުތަކުން ވަނީ އެކި ކަހަލަ ފިޔަވަޅުތައް އަޅުއްވައިފައެވެ. އެގޮތުން މީހުން ހޭލުންތެރި ކުރެއްވުމުގެ ޕްރޮގްރާމްތައް ހިންގެވުމާއި، ދުުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓައިލާ ރަށްރަށަށާއި ރައްޔިތުންނަށް އިނާމު ދެއްވުމާއި، އާންމު ތަންތަނުގައި ދުންފަތުގެ އިސްތިޢުމާލުކުރާ މީހުން ޖޫރިމަނާކުރުމާއި، އަދި މީގެ އިތުރުން ދުންފަތުން ނަގާ ޑިއުޓީ ބޮޑުކުރެއްވުންވެސް ހިމެނެއެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް