އެމްބީބީއޭގެ އޮފީސް ފަޅާލައި ވައްކަންކޮށްފި

Loading

June 23, 2025
profile
Facebook
Twitter
WhatsApp
ފޮޓޯ: ފިޔަ އޮންލައިން

ގަލޮޅު ޔޫތު ސެންޓަރުގައި ހުންނަ، މޯލްޑިވްސް ބޮޑީބޯޑިންގ އެސޯސިއޭޝަން (އެމްބީބީއޭ)ގެ އޮފީސް ފަޅާލައި ވައްކަންކޮށްފިކަމަށް އެ އެސޯސިއޭޝަނުން ބުނެފިއެވެ.

އެ އެސޯސިއޭޝަނުން ބުނީ، ވައްކަންކޮށްފައިވަނީ ރޭ ދަންވަރާއި ހެނދުނާ ދެމެދުގެ ވަގުތެއްގައި ކަމަށެވެ.

އެތަން ފަޅާލައި ވަގަށް ނަގާފައިވާ ތަކެތީގެ ތެރޭގައި؛ ޑެލް އިންސްޕިރޯން ”15 ލެޕްޓޮޕަކާއި، ލެނޯވޯ 4 ޓެބްލެޓާއި، 2 ހާޑް ޑިސްކާއި، ސެމްސަންގް ފޯނަކާއި އެނޫންވެސް ބައެއް ސަާމާނު ހިމެނޭކަމަށް އެ އެސޯސިއޭޝަނުން ބުނެއެވެ.

މި ތަކެތި ވިއްކަން އުޅޭކަން، ނުވަތަ އެނޫންވެސް ގޮތަކުން މި ތަކެއްޗާބެހޭ މައުލޫމާތެއް ލިބިއްޖެނަމަ ވީ އެންމެ އަވަހަކަށް 9666918 ނުވަތަ 9499553 އަށް އަންގާލަދިނުމަށް މޯލްޑިވްސް ބޮޑީބޯޑިންގ އެސޯސިއޭޝަނުން ވަނީ އެދިފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް