4 ބިލިއަން ރުފިޔާ ތަޢުލީމީ ދާއިރާއަށް ހޭދަކުރާއިރު ނަތީޖާ ދަށްކަމަށް ވަޒީރު ވިދާޅުވެއްޖެ

Loading

June 21, 2025
profile
Facebook
Twitter
WhatsApp

ތަޢުލީމީ ދާއިރާއަށް ދައުލަތުގެ ބަޖެޓުން ކޮންމެ އަހަރަކު 4 ބިލިއަން ރުފިޔާ ހޭދަކުރަމުންދާއިރު ކުދިންގެ ނަތީޖާ ރަނގަޅު ނޫންކަމަށް، ތަޢުލީމާބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، 2022 ވަނަ އަހަރާއި 2023ވަނަ އަހަރުގެ އޯލެވެލްގެ ގަދަ ދިހައެއް ހޮވުމާއި، އޭލެވެލް ނިންމި ދަރިވަރުންނަށް އިނާމުދިނުމުގެ ޖަލްސާތަކުގެ ތެރޭން މިއަދު ހެނދުނު ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

މިގޮތުން، 2013 އަދި 2014ވަނަ އަހަރުގެ އޯ ލެވެލްގެ ނަތީޖާއަށް ބަލާއިރުވެސް، މުޅި އިމްތިޙާނުގައި ބައިވެރިވި ދަރިވަރުންގެ ދެބައިކުޅައެއްބައި ކުދިންނަށް 5 މާއްދާއިން ދަށްވެގެން ސީ ފާސްވެސް ނުލިބޭކަން އެމަނިކުފާނު ހިތާމަޔާއެކު ފާހަގަކުރެއްވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ހިސާބު، އިނގިރޭސި އަދި ދިވެހި ބަހަކީ މުހިންމު މާއްދާތައް ކަމަށްވާއިރު މި މާއްދާތަކުން ކުދިން ދަށްކަން ފާހަގަކުރެއްވޭ ކަމަށެވެ.

އޯލެވެލް ނަތީޖާ ދަށްވުމުގެ މައިގަނޑު ސަބަބެއް ކަމަށް އެމަނިކުފާނު ދެކެވަޑައިގަންނަވަނީ ޕްރައިމަރީ ގުރޭޑުތަކުގެ ނަތީޖާ ދަށްވުން ކަމަށްވެސް ވިދާޅުވިއެވެ.

މި އަހަރު އޭ ލެވެލް ނިންމި ކުދިންގެ އޯ ލެވެލްގެ ނަތީޖާއާ އަޅާކިޔާއިރުވެސް ނަތީޖާ ދަށްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެގޮތުން 2021 އަދި 2022ވަނަ ޢަހަރު އޯލެވެލް ނިންމި ކުދިންގެ ތެރޭން ގަދަ 10ގައި ހިމެނުނު ކުދިންގެ 64 އިންސައްތަ ކުދިންވެސް އޭލެވެލްގެ ގަދަ 10ގައި ހިމެނިފައި ނުވާކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް