މެއިންޓަނަންސް މަސައްކަތެއް ކުރާތީ، މިރޭ ދަންވަރު ބީއެމްއެލް ޚިދުމަތް މެދުކެނޑޭނެ

Loading

June 19, 2025
profile
Facebook
Twitter
WhatsApp

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ މެއިންޓަނަންސް މަސައްކަތެއް ކުރުމަށް ހަމަޖެހިފައިވާތީ، މިރޭ ދަންވަރު ޚިދުމަތް މެދުކެނޑިދާނެކަމަށް އެ ބޭންކުން ބުނެފިއެވެ.

އިންޓަނެޓް ބޭންކިންގ، ބޭންކުގެ ވެބްސައިޓް، ޕީއޯއެސް މެޝިން، އޭޓީއެމް، ޕޭމަންޓް ގޭޓްވޭ، ކާޑު، އަދި ޑޮލަރު ބުކިންގ ޕޯޓަލްގެ ޚިދުމަތް މެދުކެނޑޭނެ ކަމަށް ބީއެމްއެލުން ބުނެފައިވަނީ މިރޭ ދަންވަރު 2:00ން ފަތިހު 5:00އާ ދެމެދު 30 މިނެޓުގެ ވަގުތުކޮޅަކަށް ކަމަށެވެ.

ބީއެމްއެލުން ބުނެފައިވަނީ، މަސައްކަތް ކުރުމަށްޓަކައި އެ ވަގުތު އިޚްތިޔާރުކޮށްފައިވަނީ، އެއީ ކަސްޓަމަރުން އެންމެ މަދުން ބޭންކުގެ ޚިދުމަތް ހޯދާ ވަގުތު ކަމަށް ވާތީ ކަމަށެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް