ލާމަރުކަޒީ ނިޒާމު އިސްލާހުކުރެވޭނީ ސަރުކާރާއި، މަޖިލީހާއި، ބޮޑު ދެ ޕާޓީ މަޝްވަރާކޮށްގެން: މެންބަރު ނަސީމް

Loading

June 18, 2025
profile
Facebook
Twitter
WhatsApp

ލާމަރުކަޒީ ނިޒާމު ހިންގުމުގައި މިހާރު ދިމާވެފައިވާ ދަތިތަކަށް ހައްލެއް ގެނެވޭނީ، ސަރުކާރާއި ރައްޔިތުންގެ މަޖިލީހާއި ސިޔާސީ ބޮޑު ދެ ޕާޓީ ގުޅިގެން މަޝްވަރާކޮށްގެން ކަމަށް، ތުލުސްދޫ ދާއިރާގެ މެންބަރު އަޙުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އޭނާ ވިދާޅުވީ، މިހާތަނަށް ތިން މަޖިލީހަކުން ވަނީ މި ގާނޫނަށް އިސްލާހުތަކެއް ގެނެސްފައި ކަމަށެވެ. ނަމަވެސް މިހާތަނަށްވެސް މި މައްސަލައަށް ހައްލެއް ފެނިފައިނުވާއިރު، އޭނާ ދެނެވަޑައިގަންނަވާ ގޮތަކީ މިގޮތަށް މަޝްވަރާކުރުން ކަމަށް ވިދާޅުވިއެވެ.

ހަމައެކަނި ރައްޔިތުންގެ މަޖިލީހުން ދެކޭ ގޮތް މިކަމުގައި ހާމަކޮށް، ގާނޫނަށް އިސްލާހުތަކެއް ގެނެސްފައިވާއިރު، މިކަމަށް މިހާތަނަށްވެސް އެދެވޭ ރަނގަލު ބަދަލެއް އައިސްފައި ނުވާކަން އޭނާ ފާހަގަކުރެއްވިއެވެ.

އެހެންކަމާއެކު އޭނާ ދެކެވަޑައިގަންނަވާ ގޮތަކީ، ސަރުކާރާއި މަޖިލީހާއި އަދި ބޮޑު ދެ ޕާޓީގެ މެދުގައި މަޝްވަރާކޮށްގެން، އަވަސް އަވަހަށް އިސްލާހުތައް ގެންނަން ނުޖެހޭގޮތަށް ގާނޫނު އެކުލަވައިލުން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް