ގެއްލިގެން ހޯދަމުންދިޔަ ޒުވާނާ ފެނިއްޖެ

Loading

June 18, 2025
profile
Facebook
Twitter
WhatsApp
Maldives Dhivehi News

މާލޭން ގެއްލިގެން ހޯދަމުންދިޔަ ޒުވާން އަންހެންކުއްޖާ ފެނިއްޖެ ކަމަށް ފުލުހުން މަޢުލޫމާތުދީފިއެވެ.

ފުލުހުން ބުނީ، އޭނާ ފެނިފައިވަނީ މާލޭން ކަމަށާއި، އޭނާގެ ހާލު ރަނގަޅު ކަމަށެވެ.

އޭނާ ގެއްލިގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ޖޫން 17ވަނަ ދުވަހުގެ މެންދުރުފަހު 1:00 ހާއިރު ކަމަށާއި، އެ ވަގުތުން ފެށިގެން އޭނާ ހޯދުމުގެ މަސައްކަތް ފަށާފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ބުނީ، ޢާއިލާއިން މި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ޖޫން 16ވަނަ ދުވަހުގެ ރޭ ގޭން ނުކުތް ފަހުން އޭނާގެ ޚަބަރެއް ވެފައި ނުވާތީ ކަމަށެވެ.

Loading

One Response

  1. މިހާރަކައްއިސްމީހުންގެއްލިގެއުޅޭހަބަރުލިބޭ މީގެތެރޭޒުވާންކުދީންނާމުސްކުޅީންހިމެނޭމީއަޅުގަނޑުދެކޭގޮތުގަބެލެނިވެރިންގެމައްސަލއެވެ

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް