މި އަހަރުގެ ސެޕްޓެމްބަރު އަދި އޮކްޓޯބަރު މަހު ބާއްވާ އެޑެކްސެލް އޭލެވެލް އަދި އެޗްއެސްސީ އިމްތިޙާނުގައި އަމިއްލަގޮތުން ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަނުން ބުނީ، މި އިމްތިޙާނުތަކުގައި އަމިއްލަގޮތުން ބައިވެރިވާން އެދޭ ދަރިވަރުންނަށް ފޯމު ދޫކުރުމާއި ފައިސާ ބަލައިގަތުން ޖުލައި މަހުގެ 10 ވަނަ ދުވަހުގެ މެންދުރު 12.00އާ ހަމައަށް ކުރިއަށްދާނެ ކަމަށެވެ.
އެ ޑިޕާޓްމަންޓްގެ ކައުންޓަރުންނާއި އަދި ވެބްސައިޓް www.dpe.edu.mv އިން ފޯމު ލިބެން ހުންނާނެކަމަށާއި، އަދި އޮންލައިންކޮށް ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް info@dpe.edu.mv އަށް މެއިލްކުރެވޭނެ ކަމަށްވެސް ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަނުން ބުނެއެވެ.
![]()
