ސައޫދީގެ ސަރުކާގެ އަމާޒެއް ކަމަށް ބުނެ ރައްކާތެރިވުމަށް، ސައޫދީގެ ސަރުކާރާ އިދިކޮޅު ފަރާތަކަށް ކެނެޑާގެ ފުލުހަކު އިންޒާރުކޮށްފި

Loading

Facebook
Twitter
WhatsApp
Maldives News
ޢުމަރު ޢަބްދުލް ޢަޒީޒަކީ ބްލޮގަރ އެއްގެ އިތުރުން އެކްޓިވިސްޓެކެވެ. ޢުމަރު ޢަބްދުލް ޢަޒީު އުޅުއްވަނީ ކެނެޑާގައެވެ.

މަރާލާފައިވާ ނޫސްވެރިޔާ ޖަމާލް ޚަޝޯގީ އާއި ގާތް ބޭފުޅެއް ކަމަށްވާ ޢުމަރު ޢަބްދުލް ޢަޒީޒަށް ސަޢޫދީ އަރަބިއްޔާއިން އިންޒާރު ދީފައިވާ ކަމަށް އެ ބޭފުޅާ ވިދާޅު ވެއްޖެއެވެ.

ޢުމަރު ޢަބްދުލް ޢަޒީޒަކީ ބްލޮގަރ އެއްގެ އިތުރުން އެކްޓިވިސްޓެކެވެ. ޢުމަރު ޢަބްދުލް ޢަޒީު އުޅުއްވަނީ ކެނެޑާގައެވެ. ޢުމަރު ޢަބްދުލް ޢަޒީޒަކީ ސަޢޫދީ އަރަބިޔާ ސަރުކާރުން ފަތުރާ ޕްރޮޕަގެންޑާއާއި ދެކޮޅަން ކެމްޕޭން ކުރައްވާ ބޭފުޅެކެވެ.

އަމިއްލައަށް އަރުވާލެވިގެން ކެނެޑާގައި ދިރިއުޅުއްވަމުންދާ ސައޫދީގެ ސަރުކާރާ އިދިކޮޅު މަޝްހޫރު ފަރާތެއް ވިދާޅުވިގޮތުގައި ކެނެޑާގެ ކަމާއިބެހޭފަރާތަކުން ވަނީ  އޭނާއަކީ ސައޫދީގެ ސަރުކާގެ އަމާޒެއް ކަމަށް ބުނެ އިތުރަށް ރައްކާތެރިވެގެން އުޅުމަށް އިންޒާރުކޮށްފައެވެ.

29 އަހަރުގެ އެކްޓިވިސްޓް ޢުމަރު ޢަބްދުލް ޢަޒީޒަކީ ވޮޝިންޓަން ޕޯސްޓުގައި ނޫސްވެރިއެއްގެ ގޮތުން މަސައްކަތްކުރި، މަރާލާފައިވާ ޖަމާލް ޚަޝޯގީ އާއި ގާތް ބޭފުޅެކެވެ. އޭނާ ގާޑިއަން ނޫހަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވި ގޮތުގައި އޭނާއަށްވަނީ ނުރައްކަލާ ކުރިމަތިވެފައެވެ. އަދި އޭނާއަށް ގެއްލުންދޭން ރާވަމުންދާކަމުގެ ސާފުހެކި ކެނެޑާގެ ކަމާއިބެހޭ ފަރާތްތަކަށް ލިބިފައިވެއެވެ.

ގާތްގަޑަކަށް އެއް މިލިއަނަށްވުރެ ގިނަ ފޮލޯވަރުން ޓްވިޓަރގައި ތިބި މި ވީޑިއޯ ބްލޮގަރ އަދި އެކްޓިވިސްޓް ސަޢޫދީ އަރަބިޔާ ސަރުކާރުން ފަތުރާ ޕްރޮޕަގެންޑާއާއި އިންޓަރނެޓް މެދުވެރިކޮށް ކާކުކަން ނޭނގޭގޮތަށް މީހުންނަށް ކުރާ ފުރައްސާރައާއި ދެކޮޅަން އޭނާ ކުރައްވަމުން ގެންދަވާ ހަނގުރާމައާއި ބެހޭގޮތުން ވަނީ މީޑިއާގައި ވާހަކަ ދައްކަވާފައެވެ.

2018 ގައި ޖާސޫސުކުރަން ބޭނުން ކުރާ ޕްރޯގްރާމް ތަކުގެ ހަރާކާތްތައް ބަލާ ހޯދާ، ޔުނިވާރސިޓީ އޮފް ޓޮރޮންޓޯގެ، ސިޓިޒެން ލެބުގެ ދިރާސާކުރާ މީހުން އަބްދުލްއަޒީޒްގެ އަރިހުގައި ސައުދީ އަރަބިއާ އާއި ގުޅުންހުރި ނެޓްވޯރކް އަކުން އޭނާގެ ފޯނު ”ހެކް“ ކޮއްފައިވާކަމަށް ބުނެފައިވެއެވެ. މިގޮތަށް“ހެކް“ ކޮށްފައިވާކަމަށް ބެލެވޭ ދުވަސްވަރުގައި އަބްދުލްއަޒީޒްވަނީ ވޮޝިންޓަން ޕޯސްޓްގެ ނޫސްވެރިޔެއްކަމަށްވާ ޖަމާލް ޚަޝޯއްގީ އާއި ގިނަފަހަރުމަތިން ގުޅުއްވާފައެވެ. މީގެ ފަހުގެތާރީހެއްގައި މި ނޫސްވެރިޔާ ވަނީ އިސްތަމްބޫލް ގައި ހުންނަ ސައުދީގެ އިދާރާގައި އަވަހާރަކޮއްލާފައެވެ.

އަދި މިފަދައިން ”ހެކް“ ކޮއްފައިވާކަމަށް ބެލެވުނުފަހުން އަބްދުލްއަޒީޒްގެ ރައްޓެހިންނާއި އާއިލާގެ ތެރެއިން ގިނަބަޔަކު ވަނީ ސައުދީގައި ހައްޔަރުކޮއްފައެވެ.

ސައުދީ އަރަބިއާގެ ވެރިކަމުގެ އެންމެ އިސް ބާރުކަމުގައިވާ، އެގައުމުގެ ވަލީޔަހުދު މުޙައްމަދު ބިން ސަލްމާން އަށް ފާޑުކިޔުއްވާ މީހެއްގެގޮތުގައި އަހަރުތަކެއް އުޅުއްވާފައިވީ ކަމުގައިވިޔަސް، މިފަހުން ދީފައިވާ އިންޒާރުގެ ސަބަބުން މިހާރު ހަގީގީ ނުރައްކަލުގެ ތެރޭގައި ހުންނެވިކަމަށް ބެލެވޭކަމަށް އަބްދުލްއަޒިޒް ވިދާޅުފައިވެއެވެ.

”އަޅުގަނޑަކީ ސައުދީ ސަރުކާރުގެ އަމާޒެއް“ އަބްދުލް އަޒީޒުގެ ހާލަތާއި ބެހޭގޮތުން މައުލޫމާތު ލިބިފައިވާ ކަމަށް ކެނެޑާގެ ކަމާބެހޭފަރާތްތަކަށް މަޢުލޫމާތު ލިބިފައިވާ ކަމުގައި ގާރޑިއަންއަށް ނޫހަށް އަބްދުލް އަޒީޒު މައުލޫމާތު ދެއްވިއެވެ. “ އެމް ބީ އެސް(މުހައްމަދު ބިން ސަލްމާން) އަދި  އޭނަގެ ގްރޫޕު ނުވަތަ… އަޅުގަނޑަކަށް ނޭނގޭ.. އޭނަގެ ޓީމް. އެމީހުން ބޭނުންވަނީ އަޅުގަނޑަށް ގެއްލުން ދޭން. އެމީހުން އުޅެނީ ކޮންމެވެސް ކަމެއް ކުރަން. އެކަމަކު ކުރަން އުޅޭ ކަމަކީ އަޅުގަނޑު މަރާލުން ކަމެއް، ކިޑްނެޕް ކުރުން ކަމެއް، އަޅުގަނޑަކަށް ނޭނގޭ.. ޔަގީނުންވެސް އެނގޭ ކަމަކީ ކޮންމެވެސް ކަމެއް ރަގަނޅު ނޫންކަން“.

އަބްދުލް އަޒީޒު ވިދާޅުވި ގޮތުގައި މީ ކެނެޑާގެ ރޯޔަލް މައުނޓްޑް ޕޮލިސް(އާރު ސީ އެމް ޕީ) އޭނައަށް ސީދާ ގުޅުއްވި ފުރަތަމަ ފަހަރެވެ. އެއީ އެގައުމުގެ ފެޑެރަލް ޕޮލިސް ފޯސްއެވެ. އެމީހުން ސުވާލު ކުރިއެވެ. “ މިކަމާ ބެހޭގޮތުން ކީކޭ ބުނާނީ؟“ އަޅުގަނޑު ބުނިން، “ އަޅުގަނޑު މިހިރީ ވަރަށް އުފަލުން“ އަބްދުލް އަޒީޒު ހީނިތުންވަމުން ވިދާޅުވިއެވެ. “ އަޅުގަނޑަށް އިހްސާސްކުރެވެނީ އަޅުގަނޑަށް ކޮންމެވެސް ކަމެއް އެބަ ކުރެވޭހެން. އެގެއެންނު. އެމް ބީ އެސް އަށް އުދަގޫވާނެ ކަމެއް ނުކޮށް ހުންނަނަމަ، އޭގެ މާނައަކީ އަޅުގަނޑު ރަގަނޅަށް މަސައްކަތް ނުކުރަނީއޭ“.

އަބްދުލް އަޒީޒު ގެ ވަކީލު އާލާ މަހަޖްނާ ވިދާޅުވިގޮތުގައި، “ ކެނެޑާ ސަރުކާރުގެ ކަމާއިބެހޭ ފަރާތްތަކުން ކުރިން އަބަދުވެސް ބުނެފައިވަނީ އަބްދުލް އަޒީޒުަށް އާންމުކޮށް ކުރިމަތިވެފައިވާ  ނުރައްކާތަކާއި ބިރުވެރިކަންތައްތައް. އެކަމަކު މިފަހަރު ތަފާތު، އަބްދުލް އަޒީޒުގެ ފުރާނައަށް ނުރައްކާވެފައިވާ ކަމަށް ބުނެފައިވާ ބުނުން މިފަހަރު ތަފާތު. މިފަހަރު އެމައުލޫމާތު ދިނީ ރަސްމީކޮށް، އޭގެ ބިރުވެރިކްނަ ވިސްނައިދޭ ގޮތަށް، އަދި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ނަސޭހަތްތެރިވި. މިފަހަރު މިދިން މައުލޫމާތަކީ ވަރަށް ޞައްހަ އަދި ހަގީގަތް ކަމަށް މާބޮޑަށް ގަބޫލުކުރެވޭ“.  އާލާ މަހަޖްނާ ވިދާޅުވިއެވެ.

އަބްދުލް އަޒީޒު ބުނެފައިވާ ގޮތުގައި ސައުދީ ވެރިކަމުގެ ފަރާތުން މިފަދަ އިންޒާރު ދެނީ އިދިކޮޅު ފަރާތްތަކުގެ އަޑު ކަނޑުވާލުމަށެވެ. ނަމަވެސް ސައޫދީ ސަރުކާރަށް ގޮންޖެހުން އިތުރުކުރުމަށް ކުރާ މަސައްކަތް ހުއްޓާނުލާނެއެވެ. “ އަޅުގަނޑު ބޭނުމެއްނޫން އަޅުގަނޑު މިހިރީ ބިރުންނޭ ބުނަން. އަޅުގަނޑު ބިރެއް ނުގަނޭ. އެކަމަކު މިކަމަށް ތައްޔާރުވުމަށް ކޮންމެވެސް ކަހަލަ ރައްކާތެރިކަމުގެ ފިޔަވަޅު އަޅަންޖެހޭ“ އޭނާ ވިދާޅުވިއެވެ.

މިކަމާއިގުޅިގެން ވޮޝިންޓަންގައި ހުންނަ ސައުދީ އެމަބަސީގެ ސްޕޯކްސްޕާސަން އާއި ސުވާލުކުމުން އެސުވާލަށް ޖަވާބުދެއްވާފައި ނުވެއެވެ. ޚަޝޯގީ މަރާލުމަށް ވަލީއަހުދު މުޙައްމަދު އަމުރު ކުރެއްވިކަމަށް އެމެރިކާގެ ޖާސޫސީ އިދާރާތަކަށް ވަރަށް ޔަގީނާގާތަށް އެނގިފައިވާކަމަށްވަނީ ރިޕޯޓު ކޮށްފައެވެ. އެހެންނަމަވެސް ސައޫދީ ސަރުކާރުން ޚަޝޯގީގެ މަރުގެ ތުހުމަތު އަޅުވަނީ ސައޫދީ އަރަބިޔާގައި ހަރަކާތަތެރިވާ ނުރައްކާތެރި މީހުންގެ ބޮލުގައެވެ.

ކެނެޑާގެ އާރު ސީ އެމް ޕީގެ ތަރުޖަމާނު ވިދާޅުވެފައިވަނީ ތަހުގީގަކުން މީހެއްގެ މައްޗަށް ކުށްކުރިކަން ސާބިތުވާ ހާލަތެއްގައި އެކުށުގެ ބާވަތާއި ކުށްކުރި ފަރާތް  އާރު ސީ އެމް ޕީ އިން ކަށަވަރުކުރާނެ ކަމަށެވެ.

ވޭތުވެދިޔަ އަހަރު ވޮޝިންގޓަން ޕޯސްޓުގައި ޝާއިއު ކުރި އާޓިކަލެއްގައި އަބްދުލް އަޒީޒު ވިދާޅުވެފައިވަނީ، ސައޫދީ ސަރުކާރުން ކުރިއަށް ގެންދާ ”ވަކި ގޮތަކަށް ރޭވިގެން މީހުންނަށް ފުރައްސާރަ ކުރުމަށް ހިންގާ ކެމްޕޭން“ ގުޅިފައިވަނީ ޓްވިޓަރގައި މީހުން ރުޅިއަރުވަން ސައުދީން ހިންގާ ހަރަކާތް ހުއްޓުވުމަށް އޭނާ ކުރާ މަސައްކަތާއެވެ. މި މަސައްކަތަށް ޚަޝޯގީއާއި އޭނާ ކިޔަނީ ”އިލެކްޓްރޯނިކް ބީސް“ އެވެ.  ޚަޝޯގީ މަރާލުމުގެ ކުރިން އަބްދުލް އަޒީޒުއާއި ޚަޝޯގީ މަސައްކަތް ކުރަމުންދިޔައީ ޓްވިޓަރގައި މީހުން ރުޅިއަރުވަން ސައުދީން ހިންގާ ހަރަކާތާ ކުރިމަތިލުމަށް ދަރުމަވެރިންގެ ޖަމާއަތެއްގެ އެހީ ހޯދުމަށެވެ.

2017 ވަނައަހަރު މުޙައްމަދު ބިން ސަލްމާން ވަލީ އަހުދުކަމަށް އައްޔަން ކުރެވުމުން، ސައޫދީ އަރަބިޔާގައި ޓްވިޓަރ ބޭނުންކުރާގޮތް ބަދަލު ކުރިކަމަށް އަބްދުލް އަޒީޒު ބުނެފައިވެއެވެ. އެއިރު ޓްވިޓަރ އަކީ ވަރަށް މިނިވަންކަމާއެކު ސައުދީ މީހުންގެ ޝުޢޫރު ފާޅުކުރާ މަންސައެކެވެ.

މުޙައްމަދު ބިން ސަލްމާން ވަލީ އަހުދުކަމަށް އައްޔަން ކުރެވުމާއެކު ޓްވިޓަރ މަޑުމަޑުން ބަދަލުވެގެންދިޔައީ “ ސަރުކާރުން ފަތުރާ ދޮގުތަކާއި، ނުފޫޒު ފަތުރައިގެން ހިންގާ ކަންކަމާއިގުޅޭ މެސެޖު ފޯރުކޮށްދޭ ޕްރޮޕަގެންޑާ މަންސަ“ އަކަށް ކަމަށް ވޮޝިންގޓަން ޕޯސްޓުގައި މިދިޔަ އަހަރު އަބްދުލް އަޒީޒު ލިޔުއްވާފައިވެއެވެ. “ ވަރަށް ނުފޫޒުގަދަ 30 އަށް ވުރެ ގިނަ މީހުން އަޅުގަނޑު ގާތު ބުނި އެމީހުންގެ ފޯނުގައި ހުރި މައުލޫމާތު ނަގައިގެން ސައުދީ ސަރުކާރުން އެމީހުން ބްލެކްމެއިލް ކުރިކަމަށް. އެމީހުންނަށް ދިނީ ދެ އިކްތިޔާރެއް. ޕްރޮޕަގެންޑާ ޓްވީޓު ކުރުން ނުވަތަ ފަހުން ޓްވިޓަރ އަށް ދޫވި ޒާތީ މަޢުލޫމާތާއި ފޮޓޯތައް ބެހެއްޓުން“.

އަބްދުލް އަޒީޒު އަކީ ޓްވިޓަރ ބޭނުންކުރާ މީހުންގެ ތެރެއިން އެންމެ ނުފޫޒުގަދަ ތިންވަނަ މީހާއެވެ. އޭނާ ލިޔެފައިވެއެވެ. “ އަޅުގަނޑު މިހިރީ ޖަލުގައި. އެހެން މީހަކު ހައްޔަރުކޮށްފި. ތިންވަނަ މީހާ ވީނުވީއެއް ނޭނގި ގެއްލިއްޖެ. އެމީހާގެ ހުރިހާ ޓްވީޓެއް ޑިލީޓުކޮށްފި“.

އަބްދުލް އަޒީޒު ވިދާޅުވެފައިވާ ގޮތުގައި އެނެމްފަހުން ދިން އިންޒާރަށްފަހުވެސް އޭނާއަށް އިހްސާސްވަނީ ކެނެޑާ އަދިވެސް ރައްކާތެރިކަމަށެވެ. “ އަޅުގަނޑު މިހިރީ ހެޔޮ ހާލުގައި. ކަނެޑާގައި އަހަރެން މިއުޅެނީ ހިތްހަމަޖެހިގެން. އަޅުގަނޑު އުއްމީދުކުރަނީ އެމީހުން މޮޔަކަމެއް ނުކުރާނެކަމަށް“.

ކެނެޑާގައި ދިރިއުޅޭ، ސައޫދީގައި ޖަލަށްލާފައި ހުރި އިތުރު މީހެއްގެ ދަރިއެއްކަމަށްވާ ސާދު އަލް ޖަބްރީ، ގްލޯބު އެންޑް މެއިލް އަށް ވަރަށް ފަހުން ދިން އިންޓަވިއުއެއްގައި ވަނީ، ކެނެޑާގައި އުޅޭ ސައުދީގެ އެޖެންޓުންގެ ހަމަލާއެއްގެ އަމާޒަކަށް އޭނާ ވެދާނެތީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ޚާލިދު އަލް ޖަބްރީ ވިދާޅުވެފައިވެއެވެ. ”ގެއްލުންދޭން ރާވަމުންދާތީ ވަރަށް ކަންބޮޑުވޭ“. އޭނާ އިތުރު ތަފްސީލެއް ނުދެއެވެ. ސާދު އަލް ޖަބްރީގެ ބޮޑުވެފައިތިބި ދެކުދިން ސައުދީ ސަރުކާރުން ހައްޔަރުކޮށް ޖަލަށްލުމުން، ކެނެޑާގެ ކަމާބެހޭފަރާތްތަކުންވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ސާދު އަލް ޖަބްރީ ވަނީ މާޗުމަހު އޭނާގެ ގޭގައި ހުއްޓާ ގެއްލިފައެވެ. އޭގެފަހުން އޭނާގެ ޚަބަރެއް ނުވެއެވެ. ސާދު އަލް ޖަބްރީއަކީ ސައޫދީ ޖާސޫސީ އިދާރާގެ އިސްމަގާމެއް ފުރި މީހެކެވެ. އަދި މުޙައްމަދު ބިން ނާއިފްގެ އެހީތެރިއެއްގެ ގޮތުން ޚިދުމަތް ކުރެއްވިއެވެ. މުޙައްމަދު ބިން ނާއިފްއަކީ ކުރީގެ ވަލީ އަހުދެވެ. އެމަގާމުން މުޙައްމަދު ބިން ނާއިފް ދުރުކުރީ މުހައްމަދު ބިން ސަލްމާނެވެ.

2018 ަވަނަ އަހަރުންފެށިގެން ކެނެޑާއާއި ސައުދީގެ ގުޅުންވަނީ ހީނަރުވެފައެވެ. އެއީ ސައުދީގެ އިދިކޮޅު މީހުން ބަލިކުރުމާއިބެހޭގޮތުން މިހާރުގެ ޑެޕިއުޓީ މިނިސްޓަރ، އަދި އެއިރުގެ ފޮރިން މިނިސްޓަރ ކްރިސްޓިއާ ފްރީލޭންޑް ފާޑުކިއުއްވުމުންނެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް