ނުރައްކާތެރި ސިއްރު މައުލޫމާތުތަކަކާ ގުޅިގެން ދެކޮޅުވެރިކަން ނިންމާލުމަށް އެމެރިކާއިން އެދިއްޖެ

Loading

May 12, 2025
profile
Facebook
Twitter
WhatsApp

މިދިޔަ ހުކުރު ދުވަހު ހެނދުނު ކުއްލިއަކަށް ނުރައްކާތެރި އިންޓެލިޖެންސް މައުލޫމާތުތަކެއް ލިބިވަޑައިގެންނެވިއިރު  އިންޑިޢާއި ޕާކިސްތާނުގެ ދެކޮޅުވެރި ހަމަލާތައް އެމެރިކާގެ ނައިބު ރައީސް ޖޭ ޑީ ވޭންސް އާއި ޚާރިޖީ ވަޒީރު އަދި ވަގުތީގޮތުން ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރގެ މަގާމުވެސް ފުރުއްވަމުން ގެންދަވާ މާރކޯ ރުބިއޯ އާއި ވައިޓް ހައުސްގެ ޗީފް އޮފް ސްޓާފް ސޫޒީ ވިލްސްވެސް ހިމެނޭ ގޮތުގައި އެންމެ އިސް ސިޔާސީ ބޭފުޅުން ގެންދެވީ ވަރަށް ގާތުން ބައްލަވަމުންނެވެ. އަދި އެ ދެކޮޅުވެރި ހަމަލާތައް ވީހާއަވަހަށް ހުއްޓުވޭތޯ އެމެރިކާއިން މަސައްކުރަން ވެއްޖެކަން ބަޔާން ކުރެއްވި ނަމަވެސް އެ މައުލޫމާތުތަކުގެ ހައްސާސް ކަމާހުރެ ސީއެންއެން އަށް އެއްވެސް ތަފްސީލެއް ލިބޭގޮތެއް ނުވިއެވެ.  

                                               

އެމެރިކާގެ ނައިބުރައީސް ޖީ ޑީ ވޭންސް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯޑީއާ ގުޅުއްވައި ވާހަކަދެއްކެވުމަށްފަހު ހަފުތާ ބަންދާ ހަމަޔަށް ދާއިރު ދެކޮޅުވެރި ހަމަލާތައް އަތްނުފޯރާފަށަށް ހިނގައިދާނެ ކަމުގެ ބިރުވެރިކަން އޮތްކަމަށާއި އަދި އެމެރިކާއިން ރާވާފައި އޮތް ތަސައްވުރު ރައީސް ޓްރަމްޕް އަރިހުގައި ހުކުރު ދުވަހު ދެންނެވިއެވެ. ބޮޑުވަޒީރު މޯޑީއާއިއެކު ދެއްކެވި ވާހަކަފުޅުގައި ޕާކިސްތާނުގެ ބޮޑުވަޒީރަށް ގުޅުއްވައި މި ދެކޮޅުވެރިކަން ނިމުމަކަށް ގެނެވިދާނެ މަގެއް ހޯއްދެވުމަށް މަސައްކަތްކުރެއްވުމަށްވެސް މޯޑިއަށް ދެންނެވި ކަމަށް ރައީސް ޓްރަމްޕް އަރިހުގައި ދެންނެވިކަމަށް ވެއެވެ. އިންޑިއާއާއި ޕާކިސްތާނުގެ މިދެކޮޅުވެރި ކުރިމަތިލުންތަކުގެ ތެރެއަށް މީގެކުރިން އެމެރިކާއިން ވަދެފައިވާކަން އެނގޭކަށް ނެތެވެ.                                         

އެމެރިކާ އޮފިޝަލުން ވިދާޅުވެފައިވަނީ ޖޭ ޑީ ވޭންސް އެދިވަޑައިގެންނެވި ނަމަވެސް ނިއުކްލިއަރ 2 އަވަށްޓެރިން މިހާތަނަށް ވާހަކަދެއްކުން އިޚްތިޔާރު ކޮށްފައެއް ނެތެވެ. އެކަމަކު އެއީ ނުކޮށް ދޫކޮށްލެވެން އޮތް އިޚްތިޔާރެއް ނޫނެވެ. އެމެރިކާގެ އޮފިޝަލުން ދެކިވަޑައިގަންނަވާގޮތުގައި މަޝްވަރާގެ މޭޒަށް ޕާކިސްތާނުން ގެނެވުނަސް ބޮޑުވަޒީރު މޯޑީ އަކީ ތަންކޮޅެއް އުދަނގޫ ބޭފުޅެކެވެ. ވޭންސް ވިދާޅުވެފައިވަނީ “ މޯޑީ އަ ޕޮޓެންޝަލް އޮފް-ރޭމްޕް “ މިހެނެނެވެ. ތަފްސީލެއް ނުދެއްވައެވެ.                                         

މިދިޔަ އަންގާރަ ދުވަހުއްސުރެން ޚާރިޖީ ވަޒީރު ރުބިއޯ ގެންދެވީ އެ 2 ގައުމުން މަޝްވަރާ ކޮށްގެން ދެކޮޅުވެރިކަން ހުއްޓުވޭނެ މަގެއް ހޯދުމަށްޓަކައި އެ ސަރަހައްދުގެ ނުފޫޒުގަދަ ބޭފުޅުންނާ ވާހަކަ ދައްކަވަމުންނެވެ. ދެކޮޅުވެރިކަމުގެ ހަމަލާތައް ހުއްޓުވޭނެ މަގެއް ހޯދުމަށްޓަކައި ރުބިއޯ ވަރަށް ބޮޑަށް މަސައްކަތް ކުރައްވަމުންގެންދެވިކަމަށް މައުލޫމާތު އެނގޭ ފަރާތަކުން ސީ އެން އެން އަށް ވަނީ ކިޔާދީފައެވެ. އެހެންނަމަވެސް 2 ގައުމު އެއްބަސްކުރުވާ އެގްރީމެންޓެއް ހުށައެޅުމަށް އެމެރިކާއިން ބޭނުމެއް ނުވެއެވެ. އެމެރިކާގެ ވިސްނުންހުރީ އިންޑިއާއީ ޕާކިސްތާނުން މަޝްވަރާގެ މޭޒަކަށް ގެނައުމެވެ.                                                         

ބުރާސްފަތި ދުވަހު ފޮކްސް ނިއުސްގައި ވާހަކަފުޅުދައްކަވަމުން ނައިބު ރައީސް ޖޭ ޑީ ވޭންސް ވިދާޅުވީ އެމެރިކާއަށް ކުރެވޭނެ ކަމަކީ ދެކޮޅުވެރިކަން ދޫކޮށް ސުލްހައިގެ މަގު އިޚްތިޔާރުކުރުމަށް ބާރުއެޅުން ކަމަށާއި އިންޑިއާ އަދި ޕާކިސްތާނުންވެސް ހަތިޔާރު ބަހައްޓަން ނުބުނެވޭނެ ކަމަށެވެ.                                

އިންޑިއާއާއި ޕާކިސްތާނުންވެސް ހަމަލާތައް ބަދަލުކުރުން ހުއްޓާލަން އެއްބަސްވެއްޖެކަމަށް ހޮނިހިރު ދުވަހު ރައީސް ޓްރަމްޕް އިއުލާންކުރެއްވިއެވެ. އަދި އޭގެފަހުން ޚާރިޖީ ވަޒީރު ރުބިއޯވެސް ވަނީ އެކަމާ އުފާފުޅުކުރައްވާކަން ހާމަކުރައްވާފައެވެ.                                                           

އިންޑިއާއާއި ޕާކިސްތާނުން ބަދަލުކުރަމުން ގެންދިޔަ ދެކޮޅުވެރި ހަމަލާތައް ހުއްޓާލުމުގައި ފާއިތުވެގެން މިދިޔަ 48 ގަޑިއިރުތެރޭގައި އެމެރިކާގެ ނައިބު ރައީސް އާއި ޚާރިޖީ ވަޒީރު މެދުކެނޑުމެއްނެތި ކުރެއްވި މަސައްކަތަށް ތައުރީފް ކުރައްވައި އެ ދެބޭފުޅުންނަކީ ރައީސް ޓްރަމްޕްގެ ސިޔާސަތު ތަންފީޒުކުރެއްވުމުގެ ވަރަށް ރިވެތި ނަމޫނާއެއް ކަމަށް ވިދާޅުވެ ނިއު ނޭޝަންގައި އެމެރިކާ ޚާރިޖިއްޔާގެ ތަރުމާނު ޓަމީ ބުރޫސް ވަނީ ވާހަކަ ދައްކާފައެވެ. އެމެރިކާއިން ކުރި މަސައްކަތަށް ޕާކިސްތާނުން ތައުރީފްކުރިނަމަވެސް އިންޑިއާއިން އިޚްތިޔާރުކުރީ ހަމަހިމޭނުން ތިބުމެވެ. ޕާކިސްތާނުގެ ބޮޑުވަޒީރު ޝާހްބާޒް ޝަރީފް އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ސަރަހައްދުގެ ސުލްހަމަސަލަސްކަން ކަށަވަރު ކުރުމަށްޓަކައި ރައީސް ޓްރަމްޕް ގެންގުޅުއްވާ ސިޔާސަތަށާއި މިހާރު ހިނގަމުންދާ ދެކޮޅުވެރި ހަމަލާތައް ހުއްޓުވުމަށް ކުރެއްވި މަސައްކަތަށް ޝުކުރު އަދާކުރައްވާފައި ވެއެވެ. އެހެންނަމަވެސް އިންޑިއާގެ ޚާރިޖީ ސެކްރެޓަރީ ވިކްރަމް މިސްރީގެ ވާހަކަފުޅުގައި 2 ގައުމުން އެއްބަސްވުމަކަށް އައިކަމަށް ވިދާޅުވިއިރު އެމެރިކާގެ ބައިވެރިވުން އޮތްކަން ހާމަކުރައްވާފައެއް ނުވެއެވެ.                        

އެނަލިސްޓުންގެ ނަޒަރުގައި އިންޑިއާއާއި ޕާކިސްތާނުގެ ދެކޮޅުވެރި ހަމަލާތައް ހުއްޓާލުމުގައި ތަފާތު ގޮތަކަށް ބަޔާންތައް ދިނުމަކީ ހައިރާންވާންޖެހޭ ކަމެއް ނޫނެވެ. އިންޑިއާއަކީ ފުދުންތެރި ބޮޑު ބާރެއްކަމަށް ދެކޭއިރު ޕާކިސްތާނަކީ މިހާރުވެސް ބޭރުގެ އެހީއަށް ބަރޯސާވާންޖެހިފައިވާ ގައުމެކެވެ.                        

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް