ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުޑަކުދިންގެ ދުވަސް ކުލަގަދަގޮތެއްގައި ފާހަގަކޮށްފި

Loading

Facebook
Twitter
WhatsApp

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުޑަކުދިންގެ ދުވަސް ކުލަގަދަގޮތެއްގައި ފާހަގަކޮށްފިއެވެ.

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ އިން މިއަދު ބުނީ އެ ވުޒާރާގެ ދަށުން ހިންގަމުންދާ، ކުދިންނާއި ޢާއިލާތަކާއެކު މަސައްކަތްކުރާ، ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުތަކުން ސަރުކާރުގެ މުއައްސަސާތަކާ ގުޅިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުޑަކުދިންގެ ދުވަސް ކުލަގަދަގޮތެއްގައި ފާހަގަކޮށްފައިވާ ކަމަށެވެ.

އެގޮތުން ތ، ހދ، ބ، ޅ، ލ، ހއ، ގއ، ސ، ނ އަދި މ އަތޮޅުގައި، ސަރުކާރުގެ އެކި މުއައްސަސާތަކާ ގުޅިގެން ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައިވާ ކަމަށް އެ ވުޒާރާއިން ހާމަކުރެއެވެ.

އަދި ހަމަ އެއާއެކު، ހޭލުންތެރިކަމުގެ އެކި ސެޝަންތައްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.

އެ ވުޒާރާއިން ބުނީ ގިނަ އަތޮޅުތަކެއްގެ އަމާންވެށިތަކުގައި ތިބޭ ކުދިންނަށް އަމާޒުކޮށްގެން ތަފާތު މަޖާ ހަރަކާތްތައް ބާއްވާފައިވާ ކަމަށާއި އޭގެތެރޭގައި އެކި ކަހަލަ ކުޅިވަރާއި، ޕިކްނިކް ދަތުރު ފަދަ، ކުދިންނަށް އުފާވެރިކަން ގެނެސްދޭ ހަރަކާތްތައް ހިމެނޭ ކަމަށެވެ.

ހިތްހަމަޖެހޭ، އެކުވެރި މާޙައުލެއްގައި، އެހެން ކުދިންނާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލަން ލިބުމަކީ ކުދިންނަށް ދެވޭނެ ވަރަށް ބޮޑު އަގުހުރި ހަދިޔާއެއް ކަމަށް އާއިލީ ތަަރައްޤީއާ ބެހޭ ވުޒާރާއިން ހާމަކުރެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް